twitterviber whatsapp telegramfacebookyoutube instagram
8th November 2026

ނޭކުރެންދޫ އަދި ކެލާ ކަނޑުފާ މަރުވާ ސަބަބު ހޯދުމަށް ދިރާސާއެއް ހަދަނީ

Jul 8, 2020

ހދ. ނޭކުރެންދޫ އަދި ހއ. ކެލާގެ ކަނޑޫފާތައް މަރުވާ ސަބަބު ހޯދުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ދިރާސާއެއް ހަދަން ފަށައިފިއެވެ.

މި ދެ ރަށުގެ ކަނޑޫފާ ހިމެނެނީ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާތަކުގެ ތެރޭގައެވެ. ދެ ކަނޑޫފަލަކީވެސް ސަރުކާރުން 2018 ވަނަ އަހަރުގެ ފަހުކޮޅު ހިމާޔަތްކޮށްފައިވާ އެ ދެ ކަނޑޫފަލެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ ކުރި ޓްވީޓެއްގައި ބުނެގައިވަނީ ކަނޑުފާތައް މަރުވާ ސަބަބު ދެނެގަތުމަށް އެ ދެ ރަށަށް އީޕީއޭއައި އެގްރިކަލްޗާރ މިނިސްޓްރީގެ ޓީމުން ޒިޔާރަތް ކުރާނެކަމަށެވެ. އެގޮތުން މިއަދު ދަނީ އެ ޓީމް ކެލާގައި ހަރަކާތްތެރިވަމުންނެވެ.

އީޕީއޭ އަދި އެގްރިކަލްޗާ މިިނިސްޓްރީގެ ޓީމެއް ކަނޑޫފާ މަރުވާ ސަބަބު ހޯދަން ދީރާސާއެއް ކުރަމުންދާއިރު، ނޭކުރެންދޫ ކައުންސިލާއި، ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުން ފަންޑުކޮށްގެން ނޭކުރެންދޫގެ ކަނޑޫފާ މަރުވާ ސަބަބު ހޯދަން މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ދިރާސާއެއް ހަދަން ފަށައިފައެވެ.

ނޭކުރެންދޫ ކަނޑޫފަލުން ވަނީ ފަންޏެއް ފެނިފައެވެ. އެއީ އެ ކަނޑޫފާ މަރުވާ ސަބަބެއް ކަމުގައި ބައެއް މީހުން ދެކެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293