twitterviber whatsapp telegramfacebookyoutube instagram
18th April 2024

ޔާމިނާ ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރާ މީޑިއާތަކަށް ހަރުކަށި ފިޔަވަޅު އަޅާނަން: ވަކީލުން

Jul 11, 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންމެ ފަހުން ހައިކޯޓުގައި ބޭއްވި އިސްތިއުނާފީ ޝަރީއަތް ކަވަރު ކުރުމުގައި

ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކާ ގުޅޭގޮތުން، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ގެނެސްދިން ހަބަރެއްގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ބުނެ އެކަމާ ގުޅިގެން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

އެމަނިކުފާނާ ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރާ އެހެން މީޑިއާތަކަށް ވެސް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީ މެރިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ރައީސް ޔާމިންގެ މައްޗަށް ސާބިތުވެ، މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރީ ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރާށެވެ.

ސްތިއުނާފު މައްސަލަ ހައިކޯޓުގައި ކުރިއަށްދާއިރު އެ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ އަށް ވަނަ ދުވަހު ހައިކޯޓުގައި އޮތް އަޑުއެހުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަތައް ކިޔައިދެމުން ޕީއެސްއެމްގައި ލިޔެފައި ވަނީ، ގއ. ވޮޑަމުލާ އަކީ އެމަނިކުފާނާ ގުޅުން އޮންނަ ރަށެއް ނޫން ކަމަށާއި، އެ ރަށް ދީފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ރައްޓެހިންނަށް ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.

މި ވާހަކަތައް ލީޑްކޮށް ޕީއެސްއެމްއިން ހަބަރު ލިޔެފައިވަނީ "ވޮޑުމުލާ ކިޔާ ރަށެއް ނުދަންނަން، އެރަށް ދިނީ އަދީބުގެ ދެ އެކުވެރިންނަށްކަން އެނގޭ: ޔާމީން" މިހެންނެވެ. އަދި ވޮޑުމުލާ އެމަނިކުފާނަށް ޝަރީއަތުގެ ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ދޭހަވާ ގޮތަކަށް ހަބަރު ފަތުރާފައިވާ ކަމަށް ވެސް ބުންޏެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި އަދި އަޑުއެހުމެއްގައި ވެސް ރައީސް ޔާމީން އިތުރުފުޅު ހައްދަވާފައިނުވާ ކަމަށެވެ. ވޮޑުމުލާއާ ގުޅޭ ގޮތުން އެމަނިކުފާނާ ތަހުގީގުގައި ސުވާލުކޮށްފައިނުވާ ކަމަށާއި އެ ރަށުގެ ނަން އެންމެ ފުރަތަމަ ވެސް އެމަނިކުފާނަށް އެނގިވަޑައިގެންނެވީ ދަށުގައި ޝަރީއަތް ކުރިއަށް ދިޔައިރު ކަމަށެވެ.

ޕީއެސްއެމްއިން ފެތުރި އެ ހަބަރަކީ ބްރޯޑްކާސްޓު ކުރުމާއި މީޑިއާގައި ހަބަރު ފެތުރުމުގެ ސުލޫކީ މިންގަނޑުތައް މުގުރާލައި، ފެތުރި ދޮގު ހަބަރެއް ކަމަށް ވަކީލުންގެ ބަޔާނުގައިވެއެވެ.

ވޮޑަމުލާގެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށްދާއިރު، އެ ހުކުމުގައި ދައްކަން އެންގި ފަސް މިލިއަން ޑޮލަރު ދައްކާފައި ނުވާތީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް މަދަނީ ދައުވާ ކުރަން ވަނީ ނިންމައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355