twitterviber whatsapp telegramfacebookyoutube instagram
19th April 2024

ތައުލީމުގެ ބިލަށް ހިޔާލު ހޯދުމަށް މާދަމާ ރޭ ބައްދަލުވުމެއް ބާއްވަނީ

Jul 11, 2020

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ދިރާސާކުރަމުން އަންނަ ތައުލީމުގެ ބިލަށް ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މާދަމާ ރޭ ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މަޝްވަރާ ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް، ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ، މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާއިލް އާއި ތައުލީމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތްކުރެއްވި އަހްމަދު ސައީދެވެ.

ތައުލީމުގެ ބިލަށް ހިޔާލު ހޯދަން ބާއްވާ ބައްދަލުވުން އޮންނާނީ މާދަމާ ރޭ 20:30 ގައި މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައެވެ.

ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލީ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. ތައުލީމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު މުހައްމަދު މުހްތާޒެވެ.

އެ ބިލުގައި ރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސުތަކާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ރާއްޖޭގައި ތައުލީމު ދިނުމާ ގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

ތައުލީމާ ބެހޭ ބިލަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމުކޮށްދޭންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުމުގެ މަގްސަދުގައި ފޮނުވާފައިވާ ބިލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355