twitterviber whatsapp telegramfacebookyoutube instagram
29th August 2025

ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމުގެ ހުށައެޅުމަށް ހިޔާލު ހޯދަނީ

ޚަދީޖާ އާދަމް
Jul 20, 2020
2

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޫކުރާ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރެސިޑެންސް ވިސާ ދޫކުރާ އުސޫލު ހިމެނޭ ބިލާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް މަޖިލީހުގެ އިދާރާގައި ބާއްވާނެ ކަމަށެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ސަރުކާރުން ފޮނުވާފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލް ދިރާސާކޮށް ނިންމައި ތަޅުމަށް ފޮނުވުމުން، އަނބުރާ ކޮމިޓީއަށް އެ ބިލް ފޮނުވި އެވެ. ކޮމިޓީއަށް ބިލް ފޮނުވައި، ނަޝީދު އެދިވަޑައިގަތީ ގާނޫނަށް އެ އިސްލާހު ގެނައުމާ ގުޅޭ ގޮތުން ކޮމިޓީން ގޮތެއް ނިންމުމަށެވެ.

މި ބިލާއި ބެހޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނިންމާފައިވާއިރު މި ބައްދަލުވުން ބާއްވާނެ ސީދާ ދުވަހެއް ވިދާޅުވެފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355