twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބިމުގެ ކުލި ކުޑަކުރުމުން އެކަމުގެ މަންފާ ދާދި އަވަހަށް އުތުރާއި ދެކުނުން ފެނިގެންދާނެ: ޔާސިރު

ނަބީލާ އިސްމާޢީލް
Jul 21, 2020
1

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއެރުވުމަށް އެ ސަރަހައްދުތަކުގައި ޓޫރިޒަމަށް ދޫކުރާ ބިމުން ނަގާ ކުލި ކުޑަ ކުރަން ސަރުކާރުން ނިންމެވުމަކީ އުތުރާއި ދެކުނު ރައްޔިތުންގެ އެތައް ދުވަހު ކުރަމުން އައި އިންތިޒާރެއް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން، އެ ސަރަހައްދުތަކުގައި ޓޫރިޒަމަށް ދޫކުރާ ބިމުން ނަގާ ކުލި ކުޑަ ކުރަން ސަރުކާރުން ރޭ ނިންމަވާ މިހާރު ޓޫރިޒަމް މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި އެކޮނޮމިކް މިނިސްޓަރު ފައްޔާޒު ކުރެއްވި ޓުވިޓަކާއި ގުޅިގެން އެކަން ފާހަގަ ކުރަށްވާ ކުރެއްވި ޓުވީޓެއްގައެވެ.

ސަރަހައްދުތަކަށް އިންވެންސްޓްމަންޓް ދާނީ އިންސެންޓިވް ދެވިގެން ކަމަށާއި މިނިންމުމަކީ އުތުރާއި ދެކުނުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ކުރަމުންއައި އިންތިޒާރެއް ކަމަށް ޔާސިރު ވިދާޅުވިއެވެ.

އަދި މިކަމުގެ މަންފާ ދާދި އަވަހަށް އުތުރާއި ދެކުނަށް ފެނިގެން ދާނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް ޔާސިރު ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތެރޭގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި ރިސޯޓްތަކުގެ ބިމުގެ ކުއްޔަށް ބަދަލު ގެންނަން ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ކަން ހާމަކުރައްވާފަ އެވެ. އެކަމުގެ ސަބަބުން ޓޫރިޒަމަށް އަތޮޅު ތެރޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުވާނެ ކަމަށް ވެސް ފައްޔާޒްގެ ޓްވީޓްގައިވެ އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ނުވަ ސަރަހައްދަކުން ޓޫރިޒަމަށް ނަގާ ކުލި ކުޑަކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355