twitterviber whatsapp telegramfacebookyoutube instagram
6th September 2026

ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ

ޚަދީޖާ އާދަމް
Jul 30, 2020

ކޮވިޑް ޖެހިގެން 71 އަހަރުގެ ދިވެހި އަންހެނަކު މަރުވެއްޖެއެވެ. އެޗްޕީއޭ އިން ބުނިގޮތުގައި މަރުވެފައި ވަނީ ނޭވާލުމަށް އުނދަގޫވެގެން އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭނާ މަރުވީ މިއަދު މެންދުރު 1:38 ހާއިރު ކަމަށެވެ. މިއާއެކު ރާއްޖެއިން ކޮވިޑް19 ގައި މަރުވި މީހުންގެ އަދަދު ވަނީ 16 އަށް އަރައިފައެވެ.

އެޗްއީއޯސީން މިފަހުން ބުނެފައި ވަނީ ދިވެހިންގެ ތެރޭގައި ކޭސްތައް ގިނަވާ ވަރަކަށް، އުމުރުން ދުވަސްވީ މީހުންނާއި އެހެން ބަލިތަކަށް ފަރުވާ ކުރަމުން އަންނަ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

ފުރަބަންދަށް ދިން ލުއިތަކާއެކު، ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ، އިއްޔެއާ ހަމައަށް ޖުމްލަ 3,567 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

އެހެންކަމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުނެވެ. މިވަގުތު 59 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355