twitterviber whatsapp telegramfacebookyoutube instagram
11th July 2025

ރާއްޖެއާ ކޮޗިންއާ ދެމެދު ފެރީގެ ހިދުމަތް ތިން މަސް ތެރޭގައި ފަށަނީ

ނަބީލާ އިސްމާޢީލް
Aug 13, 2020
3

ކޮޗިންއާއި ރާއްޖެއާއި ދެމެދު ކާގޯ ފެރީގެ ދަތުރުތައް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެށޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިއަދު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ އެކު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގައި ފެރީގެ ހިދުމަތް ފެށުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލްކަމަށްވުމާ އެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރިއެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށްވެސް ސަރުކާރުން ބުނެއެވެ.

މި ކާގޯ ފެރީގެ ހިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އިންޑިއާ އާއި ކުޅުދުއްފުއްޓާ ދެމެދު ފެރީގެ ހިދުމަތް ތަކާއި ބެހޭ މަޝްވަރާތަކެއް ކުރި އެވެ. މިހާރުގެ ސަރުކާރުންވެސް ވަނީ އެ މަސައްކަތް ފައްޓަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355