twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިންޑިޔާ ފެރީގެ މައުލޫމާތު ކޭޕީއެލްއަށް ނާންގާކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

- ބޯޓް މިއަދު ޓުޓިކޮރިންއިން ފުރާނެ، ކޮޗިންއަށް ވަދެވޭނީ މާދަމާގެ ވަގުތެއްގައި
- ކޮޗިން އިން ބޯޓް ނައްޓާލާނީ މިމަގު 23 ގައި، ކުޅުދުއްފުއްޓަށް އާދެވޭނީ 26 އަށް
- ކާގޯފެރީއާއެކު އުތުރުގައި ވިޔަފާރިތައް ފުޅާވެ ތަކެތި އަގުހެޔޮވާނެ

އަބްދުލް ވާހިދު ޙަސަން
Sep 21, 2020
3

އިންޑިޔާގެ ކޮޗިން އާއި ކުޅުދުއްފުށި/މާލެ އާއި ދެމެދު ފަށަން ތައްޔާރުވަމުންދާ ފެރީގެ މައުލޫމާތު ކުޅުދުއްފުށި ޕޯޓަށް އަންގާފައިނުވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށްފި އެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކޮޗިން-ކުޅުދުއްފުށި ކާގޯފެރީގެ ހިދުމަތް ފެށުމަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ކާގޯފެރީ މިއަދު ޓުޓިކޮރިން އިން ފުރައިގެން ކޮޗިންއަށް ދަތުރުކުރާނެ އެވެ. އެއަށްފަހު ކޮޗިން އިން މުދާ ބަރުކޮށްގެން ކުޅުދުއްފުއްޓަށް އައުމަށް ދަތުރު ފަށާނީ މިމަހު 23 ވަނަ ދުވަހު އެވެ. ކާގޯފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރާނީ މިމަހު 26 ވަނަ ދުވަހު އެވެ.

މި ކާގޯފެރީގެ މައުލޫމާތު ކުޅުދުއްފުށީ ކައުންސިލާ ހިއްސާކޮށްފައިނުވާކަމަށް އެ ކައުންސިލްގެ ރައީސް އަބުދުލް ލަތީފްއާ ހަވާލީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައި އެވެ. އަދި އެކަމުގެ މައުލޫމާތު ކުޅުދުއްފުށީ ޕޯޓަށްވެސް އެ މައުލޫމާތު ނޭނގޭކަމަށް ރައީސްއާ ހަވާލީ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

ކުޅުދުއްފުށީ ޕޯޓްގެ ޗީފް މެނޭޖަރު މުހައްމަދު އަހުމަދު ކޭއޯއަށް މިއަދު ވިދާޅުވީ، އިންޑިޔާ ފެރީގެ މައުލޫމާތު އެ ބަނދަރަށް ބަރާބަރަށް ލިބެމުންދާ ކަމަށާ ޕޮރިން މިނިސްޓްރީ އިސްވެ ކުރިއަށްގެންދާ ޒޫމް ބައްދަލުވުންތަކުގައި އެ ބަނދަރު ބައިވެރިވަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ބައިނަލް އަގްވާމީ އުސޫލުތަކުގެ ދަށުން ބަލާނަމަ ބަނދަރަކަށް ބޯޓެއް އަންނަކަމަށްވާނަމަ އަންގަން ޖެހެނީ 48 ގަޑިއިރުގެ ކުރިން ކަމަށާ އެހެންނަމަވެސް މިފެރީގެ މައުލޫމާތުތައް ކަމާ ގުޅުން ހުރި މުވައްސަސާތަކުން އެ ބަނދަރަށް ދުރާލައި އަންގަމުން ގޮސްފައިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

އިންޑިޔާއިން އަންނަ ބޯޓް ފަހަރަށް މިހާރުވެސް ހިދުމަތް ފޯރުކޮށްދެމުންދާއިރު އެ ބަނދަރަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ބޮޑެތި ބޯޓްފަހަރު ބަނދަރާ ކައިރި ކުރެވޭ ގޮތެއް ނެތުމެވެ. ކޮޗިންގެ ކާގޯފެރީން މުދާ ބާލަން ހަމަޖެހިފައިވަނީ ބަނދަރުގެ ބޭރުގައި ބާވައިގެން ޓަގްބޯޓާއި ބާޖެއް ބޭނުންކޮށްގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355