twitterviber whatsapp telegramfacebookyoutube instagram
19th April 2024

އުތުރާ ބެހޭގޮތުން އިދިކޮޅުން ދައްކާ ވާހަކަތަކަށް ޔާސިރުގެ ހޫނު ރައްދެއް

ނަބީލާ އިސްމާޢީލް
Sep 27, 2020
5

އުތުރުގެ އަތޮޅުތަކުގެ ތަރައްގީއާ ބެހޭގޮތުން އިދިކޮޅުން ދައްކާ ވާހަކަތަކަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް ހޫނު ރައްދެއް ދެއްވައިފި އެވެ.

ބެލެވޭގޮތުގައި މިއީ ކޮޗިން – ކުޅުދުއްފުށީ ކާގޯ ފެރީއާއި ހަނިމާދޫ އެއާޕޯޓް ތަރައްގީއާ ގުޅުވައި އިދިކޮޅުން ދައްކާ ވާހަކަތަކަށް ޔާސިރު ދެއްވާފައިވާ ރައްދެއް ކަމަށެވެ.

ކޮޗިން ފެރީގެ ދަތުރުތައް ފެށުމާއެކު އިދިކޮޅު ފަރާތްތަކުން ދަނީ ތަފާތު ފާޑުކިޔުންތައް ސަރުކާރަށް އަމާޒުކުރަމުންނެވެ. އެގޮތުން އެ ފެރީއަކީ މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެކުރުމަށް ބޭނުންކުރާނެ މަގެއްކަމަށްބުނެ ސަރުކާރަށް ދަނީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. އަދި ހަމަމިއާއެކު ހަނިމާދޫ އެއާޕޯޓް އިންޑިޔާއަށް "ވިއްކާލާފައިވާ" ކަމަށް ބުނެވެސް އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މިވާހަކަތަކަށް ރައްދުވާގޮތަށް ދާދި ދެންމެއަކު ޔާސިރު ކުރައްވާފައިވާ ޓުވީޓެއްގައި "ވިދާޅުވެފައިވަނީ ލައްކަ ދުވަސްވެއްޖެ އުތުރުގެ ރައްޔިތުން އަތްމަތި ތިޔާގިވެ ހަމައިސްކޮޅަށް ތެދުވެދާނެތީ އޮބިތަންޑު އަޅައިގެން އުޅޭތާ. އިދިކޮޅުގަ ތިބެގެންވެސް ހޭބޯނާރާ އެކަމުގަ މޮޔަވެފަ." ޔާސިރުގެ ޓްވީޓްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ބާރުތައް ދޫކުރާނެ ކަމަށާ އަތޮޅުތެރެ ދިރުވާނެ ކަމަށެވެ. އަދި އެމްޑީޕީ އާއެކު މުޅި އުތުރު ދެމިގަންނާނެކަމަށްވެސް ޔާސިރު ވިދާޅުވި އެވެ.

ކޮޗިންނާ ކުޅުދުއްފުއްޓާ ދެމެދު ކާގޯފެރީގެ ހިދުމަތާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާނެކަމަށް މި ސަރުކާރުންވަނީ ވައުދުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355