twitterviber whatsapp telegramfacebookyoutube instagram
18th April 2024

ނަސްރުންގެ ދުވަހުގެ މުނާސަބަތުގައި ކުމުންދޫގައި އަންހެން ފުޓްސަލް މުބާރާތެއް

ނަބީލާ އިސްމާޢީލް
Nov 2, 2020
1

ނަސްރުންގެ ދުވަހުގެ މުނާސަބަތުގައި ހދ. ކުމުންދޫގައި އަންހެނުންނަށް ހާއްސަކޮށްގެން "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020" ނަމުގައި ފުޓްސެލް މުބާރާތެއް މާދަމާ ފެށުމަށްވަނީ ހަމަޖެހިފަ އެވެ.

މިމުބާރާތް އިންތިޒާމުކުރާ ކުމުންދޫ ޔޫތް ސްޕޯޓްސްގެ ފަރާތުން ކޭއޯއާ ވާހަކަދައްކަމުން ބުނީ މިއީ 2011 ވަނަ އަހަރުން ފެށިގެން މިޖަމިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮތުމަށްފަހު ޖަމިއްޔާގެ ހަރަކާތްތަށް އަލުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.

މިއީ ކުމުންދޫގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ޖުމްލަ 5 ޓީމާއެކު ކުރިއަށްގެންދަން ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށްދާނީ މި ނޮވެމްބަރުމަހުގެ 3 ން 11 އަށް ކަމަށް އެ ފަރާތުން ބުންޏެވެ.


މި މުބާރާތަކީ ހަމަ އެކަނި ކުމުންދޫ ކަނބަލުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްދާ މުބާރާތެކެވެ. ކުމުންދޫ ފުޓްސަލް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ މަންނާމް އެވެ.

ކޮންމެ ދުވަހަކު 2 މެޗު ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗުތަށް ރޭގަނޑުވެސް ކުޅެވޭނެ އެވެ. އެ ގޮތުން ފުރަތަމަ މެޗު ހަވީރު 4:30 ގައި ކުރިއަށްދާއިރު ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 08:30 ގަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމަކާއި ވާދައިގެ ތައްޓެއްވަނީ ހުށައެޅިފަ އެވެ.

މާދަމާ މި ރަސްމިޔާތު ފެށުމުގެ ގޮތުން ދުވަހާއި ގުޅުވައިގެން ހާއްސަ ހަފްލާއެއްވެސް ކުރިއަށްދާނެ ކަމަށް އިންތިޒާމު ކުރާފަރާތުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355