twitterviber whatsapp telegramfacebookyoutube instagram
10th June 2026

ކޭވައިއެސް ވިމެންސް ފުޓްސަލް: ފުރަތަމަ މެޗުތައް ކާމިޔާބުކުރީ ޓާފް ކުއީން އަދި ސީއެސް ވިމެންސް

ނަބީލާ އިސްމާޢީލް
Nov 4, 2020
1

ހދ. ކުމުންދޫގައި އަންހެނުންނަށް ހާއްސަކޮށްގެން "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020" ނަމުގައި ފުޓްސެލް މުބާރާތެއް އިއްޔެ ފަށައިފި އެވެ.

ފުޓްސަލް ލީގު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަރމެންޓް ޔޫތް އެގްޒެކެޓިވް ޝައުފާ އިބްރާހިމް ހިލްމީ އެވެ.

ކޮންމެ ދުވަހަކު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ އިއްޔެގެފުރަތަމަ މެޗުގައި ބައްދަލު ކުރީ ޓާފް ކުއީން އަދި ޒީރު ސްޓާސް އެވެ. މި މެޗު 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ޓާފް ކުއީން އެވެ. ފުރަތަމަ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓާފް ކުއީންގެ ޝަހީމާ ހަސަން އެވެ.

މުބާރާތުގެ ދެވަނަ މެޗު ރޭގައި ކުޅެވުނު އިރު މިމެޗުގައި ބައްދަލުކުރީ ސީއެސް ވިމެންސް އާއި ރެހެންދީ އެވެ. 4-0 ގެ ނަތީޖާއަކުން މިމެޗުން މޮޅުވީ ސީއެސް ވިމެންސް އެވެ. ދެވަނަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެސް ވިމެންސްގެ ޝަހުލާ އާދަމް އެވެ.

މިއަދުވެސް މި މުބާރާތުގެ މެޗުތަށް ކުޅުމަށް ހަމޖެހިފައިވާއިރު މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސަނދިޔާ އާއި ސީއެސް ވިމެންސް އެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ ޒީރު ސްޓާސް އާއި އެފްސީ ރެހެންދީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355