twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓު ލެވޭނީ އެޗްޕީއޭގެ ބެލުމުގެ ދަށުން މަރުކަޒަށް ގޮސްގެން

ޚަދީޖާ އާދަމް
Dec 16, 2020

ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބޭ މީހުންނަށް ވޯޓު ލެވެން އޮތް ހަމަ އެކަނި ގޮތަކީ، އެ މީހުން އެޗްޕީއޭގެ ބެލުމުގެ ދަށުން ވޯޓުލާ މަރުކަޒަށް ގެންގޮސްގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފު ވިދާޅުވީ އައިސޮލޭޝަންގައި ތިބޭ މީހުންނަށް ހާއްސަކޮށްގެން އެފެސިލީޓީތަކުގައި ވޯޓު ފޮށި ނުބެހެޓޭނެ ކަމަށާއި ގަބޫލް ކުރެވޭނެ ގޮތަކީ އެޗްޕީއޭގެ ބެލުމުގެ ދަށުން ކަރަންޓީނުގައި ތިބޭ ފަރާތްތައް ވޯޓުލާން މަރުކަޒަށް ގެނައުން ކަމަށެވެ.

އެމީހުންނަށް އެޗްޕީއޭ އިން ހާއްސަ އިންތިޒާމެއް ހަމަ ޖައްސަން ޖެހޭ ކަމަށާއި ކަރަންޓީނުގައި ތިބީ މަދު އަދަދެއްގެ ބައެއްނަމަ އެކަން ކުރެވިދާނެ ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭއާ މަޝްވަރާ ކުރައްވާނެ ކަމަށާއި އެއްބަސް ވާނީ ކަރަންޓީނުގައި ތިބޭ ފަރާތްތަކަށްވެސް ވޯޓު ލެވޭނެ ގޮތަަކަށްކަމަށް ޝަރީފް ވިދާޅުވި އެވެ.

ކޮވިޑާއި ގުޅިގެން ލަސްކުރި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355