twitterviber whatsapp telegramfacebookyoutube instagram
3rd June 2026

3،000 މެންބަރުން ހަމަނުވާތީ ދަ ޑިމޮކްރެޓްސް ޕާޓީ އުވާލައިފި

ނަބީލާ އިސްމާޢީލް
Jun 3, 2026

މޯލްޑިވްސް ލޭބަރު އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި ދަ ޑިމޮކްރެޓްސް އުވާލައި އެ ޕާޓީތައް ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

އީސީން ބުނީ، އެ ދެ ޕާޓީ އުވާލާފައި ވަނީ ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3،000 މެންބަރުން ހަމަވެފައިނުވާތީ ކަމަށެވެ.

ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ސަޕޯޓް ކުރާ ބޭފުޅުން އިސްކޮށް ތިބެ އުފެއްދި ޕާޓީއެކެވެ. މި ޕާޓީ އުފެދިފައިވަނީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން، އެ ބޭފުޅުން ޕާޓީން ވަކިވުމަށް ފަހެވެ.

އެމްއެލްއެސްޑީޕީއަކީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް 2018 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފައްދަން ދިން ހުއްދައިގެ ދަށުން އުފެއްދި ޕާޓީއެކެވެ. ނަމަވެސް މެންބަރުން ހަމަނުވާތީ އެ ޕާޓީ އުވާލިކަން 2023ގައި އެ ކޮމިޝަނުން އިއުލާންކުރިއެވެ.

އެހެންނަމަވެސް، ޕާޓީ އުވާލީ ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަކުރުމަށް މުއްދަތު ނުދީ ކަމަށް ބުނެ އެމްއެލްއެސްޑީޕީން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ނިންމީ ޕާޓީގެ ކޮޅަށް ކަމުން، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އަލުން ޕާޓީތަކުގެ ދަފުތަރުގައި ހިމަނައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355