twitterviber whatsapp telegramfacebookyoutube instagram
7th May 2024

ކައުންސިލް އިންތިހާބު އޭޕްރިލް 3 ގައި ބާއްވަން ތާވަލްކޮށްފި

ޚަދީޖާ އާދަމް
Jan 6, 2021
1

ކޮވިޑްއާއި ގުޅިގެން ލަސްކުރި ކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އެޕްރީލް 3 ވަނަ ދުވަހު ބާއްވަން ތާވަލުކުރަން އިލެކްޝަން ކޮމިޝަނުން (އީސީ) އިން ނިންމައިފި އެވެ.

އަންނަ މާޗު މަހު 6 ވަނަ ދުވަހަށް ފުރަތަމަ ތާވަލް ކުރި އިންތިހާބު މާޗު 3 ވަނަ ދުވަހަށް ލަސްކުރީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލާތު އިތުރު އެއްމަސް ދުވަހަށް ދަންމާލުމާއި ގުޅިގެންނެވެ.

އިންތިހާބު ލަސްކުރަން މަޖިލީހުން ފާސްކުރި "ސަން ސެޓް" ގާނޫނުގައިވާ ގޮތުގައި އިންތިހާބު ބޭއްވެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު ވަނީ އަންނަ މަހުގެ ތިނަކަށް އިތުރުކޮށްފަ އެވެ.އެއާއެކު މާޗު މަހު އިންތިހާބު ނުބޭއްވޭނެކަން ވަނީ ޔަގީންވެފަ އެވެ.

ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއެއްގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ންތިހާބު ބޭއްވުމަށް އެންމެ މަދުވެގެން ވެސް އީސީއަށް 60 ދުވަހާ 70 ދުވަހާ ދެމެދުގެ މުއްދަތެއް ބޭނުންވާނެ ކަމަށެވެ. އޭގެ އިތުރުން އޮފިޝަލުން ނެގުމަށާއި އޮފިޝަލުން ތަމްރީނުކުރަން އިތުރު މުއްދަތެއް ބޭނުންވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް، ގާނޫނަށް ގެންނަ ބޭނުންވާ އިސްލާހުތައް އިލެކްޝަންސް ކޮމިޝަނުން މަޖިލީހާ ހިއްސާކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި ގާނޫނު އޮތް ގޮތުން މެއި 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭއިރު އެގޮތަށް ހުރި ތާރީހުތައްވެސް ބަދަލު ކުރުމަށް އިސްލާހު ހުށަހަޅާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355