twitterviber whatsapp telegramfacebookyoutube instagram
23rd August 2026

މޯލްޑިވިއަން އޮންލައިން ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

ޚަދީޖާ އާދަމް
Jan 25, 2021
1

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް އަމާޒުކޮށްގެން މިދިޔަ އަހަރު އޮންލައިންކޮށް ފެށި ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި އެވެ.

މޯލްޑިވިއަންގެ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ޓިކެޓު ނަގާ ފަރާތަކަށް 10 ޕަސެންޓް ޑިސްކައުންޓް ލިބޭ މި ޕްރޮމޯޝަންގެ ތެރެއިން ދަތުރުކުރެވޭ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ އޭޕްރިލް މަހުގެ 7 ވަނަ ދުވަހާއި ހަމައަށެވެ.

މޯލްޑިވިއަނުން ބުނީ ޕްރޮމޯޝަންގެ ތެެރެއިން ޓިކެޓު ލިބޭނީ ދަތުރު ކުރުމުގެ ހަތް ދުވަސް ކުރިން ޓިކެޓް ނަގާކަމަށް ވާނަމައެވެ. އަދި ޑިސްކައުންޓް ލިބޭނީ 31 މާރޗުގެ ކުރިން ނަގާ ޓިކެޓުތަކަށެވެ.

ކޮންމެ އަހަރެއްގެ ބަންދާ ދިމާކޮށް މޯލްޑިވިއަނުން ހާއްސަ ޕްރޮމޯޝަންތައް ބާއްވަމުން އަންނަ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355