twitterviber whatsapp telegramfacebookyoutube instagram
30th June 2025

'ކުޅުދުއްފުށި 5 ކޭ' ގެ ނަމުގައި ރޯޑު ރޭހެއް، ބައިވެރިވުމަށް ހުޅުވާލައިފި

5 ކިލޯ މީޓަރުގެ ދުވުމުގެ އިތުރުން "ފަން މައިލް" ގެ ނަމުގައި ކުޑަކުދިންނާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކެޓަގަރީވެސް ހިމެނޭ.

ހ.މ
Jun 30, 2025

'ކުޅުދުއްފުށި 5K' ގެ ނަމުގައި ރޯޑު ރޭހެއް ކުޅުދުއްފުށީގައި ބޭއްވުމަށް އިއުލާންކޮށްފި އެވެ. މިއީ ކުޅުދުއްފުށީ ރަނާސްގެ ފަރާތުން އިންތިޒާމުކުރާ ރޭހެކެވެ. މިރޭހުގެ ކަންކަމުގައި ސަޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްވެސް ބައިވެރިވެއެވެ.

'ކުޅުދުއްފުށި 5K' ރޭސް ބޭއްވުމަށް، ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހު އެވެ. ރޭހުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފަ އެވެ. "ކުޅުދުއްފުށި 5K" ރޭހުގައި ދެ ކެޓަގަރީއެއް ހިމެނެއެވެ.

އެއީ 5 ކިލޯމީޓަރުގެ ދުވުމަކާއި "ފަން މައިލް" ގެ ނަމުގައި ކުޑަކުދިންނާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ އަދި ބޮޑެތި މީހުންގެ ތެރެއިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ދުވުމެކެވެ.

ރޭސްގައި ރަޖިސްޓްރީވެ އަދި ދުވެ ރޭސް ނިންމާ ކޮންމެ ފަރާތަކަށް މެޑަލް ދިނުމަށް ހަމަޖެހިފައިވެއެވެ. "ފަން މައިލް" ކެޓަގަރީގައި ވަކި އުމުރުފުރާއެއް ކަނޑައެޅިފައި ނެތްއިރު، 5 ކިލޯމީޓަރު ކެޓަގަރީގައި ބައިވެރިވެވޭނީ އުމުރުން 6 އަހަރުން މަތީގެ ދުވުންތެރިންނަށެވެ. 6 އަހަރުންމަތީގެ ދުވުންތެރިންނަށް ދެ ކެޓަގަރީގައިވެސް ބައިވެރިވެވޭގޮތަށް ވަނީ ހުޅުވާލަފައެވެ.

ކުޅުދުއްފުށީ ރަނާސް އިން ހާމަކުރި ގޮތުގައި "ކުޅުދުއްފުށި 5K" ރޭސް އަކީ މިހާތަނަށް ކުޅުދުއްފުށީގައި ބާއްވަމުން އައިސްފައިވާ ރޯޑު ރޭސްތަކާ ތަފާތު ރޭހެއްގެ ގޮތުގައި މި ރޭސް ބޭއްވުމަކީ، އެ ފަރާތުގެ އެންމެ ބޮޑު ބޭނުމެވެ. ދުވުމުގެ ރޭސްތަކުގައި ހިމެނޭ މުހިންމު ކަންކަން ހިމަނައި އެކަން ތަޖުރިބާ ކޮށްލަން ފުރުސަތު ދިނުމެވެ.

"ކުޅުދުއްފުށީ ރަނާސް" އަކީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ ކުލަބެކެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ މި ކުލަބުގެ މައިގަނޑު މަގުސަދަކީ، ދުވުމާ ކަސްރަތާގުޅޭ އެކިއެކި ފަންނުތައް ކުރިއެރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355