twitterviber whatsapp telegramfacebookyoutube instagram
4th June 2026

ގެސްޓުހައުސް އަޅަން ހޯރަފުށި 7 ބިމެއް ބީލަމަށް ހުޅުވާލައިފި

Jan 25, 2021
2

ހއ. ހޯރަފުށިން ހަތް ބިމެއް ގެސްޓްހައުސް އެޅުމަށް ދޫކުރަން ނިންމައި ބިޑަށް ހުޅުވާލައިފި އެވެ.

ހޯރަފުށީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެރަށުގައި ގެސްޓްހައުސް ހިންގުމަށް ޝައުުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ސެޝަނެއް އަންނަ މަހުގެ ތިންވަނަ ދުވަހު ބާއްވާނެ ކަމަށެވެ.

އޮންލައިންކޮށް ގެންދާ މި ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ރެޖިސްޓާ ކުރަން ޖެހޭނެ ކަމަށް ހޯރަފުށީ ކައުންސިލުން ބުންޏެވެ.

ބި ބައްދަލުވުމުގައި ބައިވެރިވާން ބޭނުން ވާ ފަރާތްތަކުން އަންނަ ފެބްރުއަރީ 3 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓްރީން ވާން ޖެހެއެވެ.

ގެސްޓްހައުސް ހިންގަން ދޫކުރާ ބިންތަކާ ގުޅޭ ތަފްސިލެއް ކައުންސިލުން ހާމައެއް ނުކުރެ އެވެ. ބިޑު ހުށަހަޅަން ޖެހޭ ތާރީހަކީ ފެބްރުއަރީ 18 ވަނަ ދުވަހެވެ.

މިހާރުވެސް އެރަށުގައި 4 ގެސްޓް ހައުސް ހިންގަމުން އެބަގެންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355