twitterviber whatsapp telegramfacebookyoutube instagram
22nd November 2024

ހޯރަފުށި ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާކުރުމަށް ހުޅުވާލައިފި، އިނާމަކަށް ދިހަހާސް ރުފިޔާ

ޚަދީޖާ އާދަމް
May 22, 2022
2

ހއ ހޯރަފުށި ރަމްޒުކޮށްދޭނެ މޮނިއުމަންޓު ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި އެވެ.

ހުށަހަޅާ މޮނިއުމެންޓު ޑިޒައިންގެ ތެރެއިން އެރަށު ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ މޮނިއުމެންޓު ޑިޒައިން ހުށަހަޅުއްވާ ފަރާތަކަށް 10000/- (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއްވެސް ހުށައަޅާފައި ވެއެވެ.

މޮނިއުމެންޓު ފަރުމާކޮށް ހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް:

ހ. ހުށަހަޅާ ޑިޒައިން ވާން ޖެހޭނީ އޮރިޖިނަލް ޑިޒައިންއަކަށެވެ. މޮނިއުމެންޓެއްގެ ކޮޕީއަކަށް ނުވަތަ މޮނިއުމެންޓެއްގެ ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެއެވެ.
ށ. މީގެކުރިން އެހެން ފަރާތަކަށް ކޮށްދީފައިވާ ޑިޒައިންއެއް ނުވަތަ އެހެން ފަރާތަކަށް ހުށަހަޅާފައި ޑިޒައިންއެއް ހުށަހަޅައިގެން ނުވާނެއެވެ.
ނ. ޑިޒައިން ވާންވާނީ ތަފާތު ޑިޒައިން އަކަށެވެ.
ރ. ޑިޒައިން ހުށައަޅާއިރު އެޑިޓްކުރެވޭނެ އަސްލު ފައިލް ހުށަހަޅަންޖެހޭނެއެވެ.
ބ. ޑިޒައިން ހުށަހަޅާއިރު މޮނިއުމެންޓް އެކި އޭންގަލް ތަކުން ފެންނާނޭގޮތް ހުށަހަޅަންވާނެއެވެ.
ޅ. މޮނިއުމެންޓް ޑިޒައިން ރޭގަނޑު ވެސް ފާޅުވާނެ ކަހަލަ ޑިޒައިނަކަށް ވާންވާނެއެވެ.
ކ. ހުށަހަޅާ މޮނިއުމެންޓް ޑިޒައިންގައި ބޭނުންކުރާ އެންމެހާ އާރޓްވޯރކްތަކަކާއި ކޮންސެޕްޓްތައް ވާން ޖެހޭނީ ހުށަހަޅާފަރާތުގެ 0 އަމިއްލަ އުފެއްދުމަކަށެވެ.
އ. ހުށައަޅާ ޑިޒައިން ސިމެންތިން ނުވަތަ އެނޫންވެސް މައުދަނަކުން ބިނާކުރެވޭނެ ކަހަލަ ޑިޒައިނަކަށް ވާންވާނެއެވެ. އަދި ބިނާކުރުމުގައި ސަމާލްކަންދޭންޖެހޭ ކަމެއްވާނަމަ އެކަން ލިޔުމުން ތަފްސީލްކޮށްދޭންވާނެއެވެ.
ވ. މޮނިއުމެންޓް ޑިޒައިންކުރާއިރު، މޮނިއުމެންޓްގެ ވަކި ވަކި ބައިތައް ބިނާކުރާނެ މައުދަންތައް ވަކިވަކިން ތަފްސީލްކޮށްދޭންވާނެއެވެ. އަދި ބޭނުންކުރާ ތަކެއްޗަކީ ދިގުމުއްދަތަކަށް ހަލާކުނުވެ ހުންނާނޭފަދަ ތަކެއްޗަށް ވާންވާނެއެވެ.
މ. މޮނިއުމެންޓް ބިނާކުރުމަށް ބޭނުންވާނެ "ތަފްސީލީ ކުރެހުން" ހުށަހަޅަންވާނެއެވެ.
ފ. މޮނިއުމެންޓަކީ (1200 އަކަފޫޓް) ގެ ސަރަޙައްދެއްގައި ބިނާކުރާ މޮނިއުމެންޓެއް ކަމުން މި މިންތަކަށް ފިޓްވާނޭގޮތަށް ޑިޒައިން ތަފްސީލީ މިންތަކާއިއެކު ހުށައަޅަންވާނެއެވެ.
ދ. މޮނިއުމެންޓް ބިނާކުރާ ސަރަޙައްދުގެ ފޮޓޯ އެއް މި މަޢުލޫމާތު ކަރުދާހުގައި ހިމެނިފައި ވާނެއެވެ.
ތ. ހުށަހަޅާ މޮނިއުމެންޓުން ހޯރަފުށި ރަމްޒުކޮށްދޭންވާނެއެވެ. ހޯރަފުއްޓަށް ޚާއްޞަ ކަމެއް، ކަންތައްތަކެއް، ރަށުގެ ސަގާފަތެއް ނުވަތަ ރަށުގެ މަސައްކަތްތެރިކަން ތަޞައްވުރުކޮށްދޭންވާނެއެވެ.
ލ. ހުށަހަޅާ މޮނިއުމެންޓް ޑިޒައިންގެ ރެސޮލިއުޝަން 300dpi ނުވަތަ އެއަށްވުރެ މަތިވަންވާނެއެވެ.
ގ. މޮނިއުމެންޓް ޑިޒައިން ރީސައިޒްކޮށް ކުޑަކުރުމުން ނުވަތަ ބޮޑުކުރުމުން އަސްލު ގެއްލިގެން ނުވާނެއެވެ.
ޏ. މޮނިއުމެންޓް ޑިޒައިންހުށަހަޅާނި އޮރިޖިނަލް ކުލަތަކާއިއެކު ކުލަ ވާރޝަންއެކެވެ.
ސ. މޮނިއުމެންޓް ޑިޒައިންގައި ބޭނުންކުރި ފޮންޓާއި، ފޮންޓްގެ ސައިޒް އެނގޭނެގޮތަށް ހުށަހަޅަންވާނެއެވެ.
ޑ. މޮނިއުމެންޓް ޑިޒައިންގައި އަމިއްލަ ފޮންޓެއް ބޭނުންކޮށްފައިވާނަމަ، އެފޮންޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި އެފޮންޓް ބޭނުންކުރުމުގެ ހުއްދަ ކައުންސިލަށް ދޭންވާނެއެވެ.
ޒ. މޮނިއުމެންޓްމެންގައި " ހޯރަފުށި" މި ލަފްޒު އިނގިރޭސި އަދި ދިވެހިން ލިޔެފައި އިންނަންވާނެއެވެ.
ޓ. މޮނިއުމެންޓުން ރަމްޒުކޮށްދޭ ކަމެއް ނުވަތަ ކަންތައްތަކެއް، ލިޔުމުން ހުށަހަޅާ ތަފްޞީލްކޮށްދެންވާނެއެވެ.
ޔ. ޑިޒައިންގެ އަސްލު (ކޮމްޕޮޒިޝަން އާއި ކޮންސެޕްޓް) ނުގެއްލޭނެ ގޮތަށް، ޑިޒައިންއަށް މައިނަރ ޗޭންޖެއް ގެނައުމަށް އެއްވަނައަށް ހޮވޭ ޑިޒައިންއެއް ހުށަހަޅާ ފަރާތަށް ކައުންސިލަށް އެދެވިދާނެއެވެ. އަދި މިފަދައިން ގެނެސް ދިނުމަށް އެދޭ ބަދަލެއް ޑިޒައިން ހުށަހެޅި ފަރާތުން އިތުރު އަގަކާއި ނުލާ ގެނެސް ދެން ވާނެއެވެ.
ޕ. ޑިޒައިން އަށް ބިނާކޮށް، ޑިޒައިންގައި ބޭނުންކުރާނެ ކުލަ ޑިޒައިން ކުރާ ފަރާތުން ކަނޑައަޅަންވާނެއެވެ. ޑިޒައިންގެ އަސްލު (ކޮމްޕޮޒިޝަން އާއި ކޮންސެޕްޓް) ނުގެއްލޭނެ ގޮތަށް، ކުލައަށް ބަދަލެއް ގެނައުމަށް އެއްވަނައަށް ހޮވޭ ޑިޒައިން އެއް ހުށަހަޅާ ފަރާތަށް ކައުންސިލަށް އެދެވިދާނެއެވެ. އަދި މިފަދައިން ކުލައަށް ގެނެސް ދިނުމަށް އެދޭ ބަދަލެއް ޑިޒައިން ހުށަހެޅި ފަރާތުން އިތުރު އަގަކާއި ނުލާ ގެނެސްދޭން ވާނެއެވެ. އަދި ބޭނުންކުރި ކުލަތަކުގެ ތަފްސީލް ކުލަ ކޯޑުތަކާއި އެކު ހުށައަޅަންވާނެއެވެ.
ޖ. މިމުބާރާތުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލްއެވެ. ޕްރޮޕޯސަލްގައި ބޭނުން ޢަދަދަކަށް ޑިޒައިން ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ޑިޒައިން އަކަށްވެސް ވަކިން ސެކްޝަން 2 ގެ ވ. މ. ފ. އަދި ޓ. ގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

މި ކަންކަމަށް ވިސްނައިގެން މޮނިއުމެންޓް ފަރުމާކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި މޮނިއުމެންޓު ޑިޒައިންގެ ސޮފްޓްކޮޕީ [email protected] މި މެއިލަށް ފޮނުވުމަށްވެސް އެދިފައި ވެއެވެ.

ޑިޒައިން ހުށަހަޅަނީ އަމިއްލަ ފަރުދީ ޙައިޞިއްޔަތުން ނަމަ ހުށަހަޅާ ފަރާތުގެ އައިޑީ ކާރޑް ގެ ކޮޕީއެއް އަދި ގުޅޭނެ ނަންބަރު އަދި ޑިޒައިން ހުށަހަޅަނީ ވިޔަފާރިއެއްގެ ނަމުގައިނަމަ، ރަޖިސްޓްރޭޝަންގެ ކޮޕީ. އަދި އެކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ އެސް.އެމް.އީ ސެޓްފިކެޓް ހުށައެޅުމަށްވެސް ކައުންސިލުން އެދިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355