twitterviber whatsapp telegramfacebookyoutube instagram
23rd October 2025

ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން ކާސްޓިންގެ ބޮޑުބައެއް ނިންމާލައިފި

Feb 17, 2022
2

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ކާސްޓިންގ މަސައްކަތްތަކުގެ 74 ޕަސެންޓް ވަނީ ނިންމާލައިފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެގޮތުން އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތާއި ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދިގެން ދާނެ އެވެ. އަދި 25،909 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ގާއިމުކުރުރެވިގެން ދާނެއެވެ.

މީގެ އިތުރުން 11،114 އަަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 71.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355