twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެމްއެލްއިން އިތުރު 10 ސްކޫލެއްގެ ސެން ކުލާހަށް އެހީ ފޯރުކޮށްދީފި

ޚަދީޖާ އާދަމް
Feb 24, 2021

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި މިއަދު ހަދިޔާކޮށްފި އެވެ.

މިގޮތުން މި ވަސީލަތްތައް ފޯރުކޮށްދީފައިވަނީ ހއ. އަތޮޅު ތައުލީމީ މަރުކަޒު، ހދ. އަތޮޅު ތައުލީމީ މަރުކަޒު، ޅ. އަތޮޅު ތައުލީމީ މަރުކަޒު، ކ. އަތޮޅު މަދަރުސާ، އއ.މަތިވެރި ސްކޫލު، އއ.ފެންފުށި ސްކޫލު، ދ. އަތޮޅު ތައުލީމީ މަރުކަޒު، ލ. އަތޮޅު ތައުލީމީ މަރުކަޒު، މުހައްމަދު ޖަމާލުއްދީން ސްކޫލު އަދި ސ. އަތޮޅު މަދަރުސާ އަށެވެ.

މިއީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއްކަމަށާއި މި އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 400 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

އެ ބޭންކުން ބުނީ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ބޭންކުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މިގޮތުން ފާއިތުވި އަހަރުގެ ތެރޭގައި ބީއެމްއެލްއިން ވަނީ ރާއްޖޭގެ 10 ސްކޫލްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 65 ފަރާތަކަށް މިދިޔަ އަހަރު މޮޓޮރައިޒްޑް ވީލްޗެއަރ ވެސް ވަނީ ހަދިޔާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355