twitterviber whatsapp telegramfacebookyoutube instagram
24th April 2024

އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމަށް އެދި ކުރާ ކޯލްތަކަށް ސަމާލުވާން ބީއެމްއެލުން އެދެފި

ޚަދީޖާ އާދަމް
Mar 25, 2021

އެކައުންޓަށް މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމަށް އެދި ކުރާ ކޯލްތަކަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިލްތިމާސްކޮށްފި އެވެ.

އެ ބޭންކުން ބުނީ މިހާރަކަށް އައިސް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދުމަށާއި ސިސްޓަމް މައްސަލައަކާ ގުޅިގެން އެކައުންޓުގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމަށް އެދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކަސްޓަަމަރުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބީއެމްއެލް އިން އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ހޯދަން ނުގުޅާނެ ކަމަށާއި އަދި އެކައުންޓްގައި މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ބޭންކުން އެއްވެސް ހާލަތެއްގައި ނޭދޭނެ ކަމަށް ބީއެމްްއެލްއިން މައުލޫމާތު ދެއެވެ. އަދި ބޭންކުން މޮބައިލް ނަންބަރު ބޭނުންކޮށްގެން ކަސްޓަމަރުންނަށް ނުގުޅާނެކަމަށް ވެސް އެ ބޭންކުން ބުނެފައި ވެއެވެ.

އެހެންކަމުން އެންމެހާ ފަރާތްތަކުންވެސް އިތުރަށް ސަމާލުވެ، މިފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް އިލްތިމާސްކުރާ ކަމަށާއި ޒާތީ މައުލޫމާތާއި އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށްވެސް އިލްތިމާސްކުރަކަމަށް ބޭންކުން ބުންޏެވެ.

ބޭންކުން ކަމަށް ބުނެ އަންނަ މިފަދަ ކޯލްތަކާ ބެހޭ މައުލޫމާތު ބޭންކަށް ހުށަހެޅުއްވުމަށް ނުވަތަ ކާޑުގެ މައުލޫމާތު އެހެން ފަރާތަކަށް ހިއްސާކުރެވިފައިވާނަމަ ބޭންކުގެ ފޯން ނަންބަރު 3330200 އަށް ގުޅުމަށްވެސް ބޭންކުން އެދިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355