twitterviber whatsapp telegramfacebookyoutube instagram
10th September 2026

މެޗަށް ފަހު ފަލަސްތީނުގެ ދިދަ ވިހުރުވާލައިފި

ހާޝިމް އަބޫބަކުރު
May 19, 2021

އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލަމް އާއި 1-1 އިން އެއްވަރުވި މެޗަށްފަހު ޔުނައިޓެޑުގެ ދެ ކުޅުންތެރިން ކަމަށްވާ އަމަދް ޑިއާލޯ އާއި ޕައުލް ޕޮގްބާ ފަލަސްތީނަށް ހިތްވަރުދީ އެ ގައުމުގެ ދިދަ ދައްކާލުމުން ގިނަބައެއްގެ ތައުރީފު މި ދެ ކުޅުންތެރިންނަށް އޮއްސާލައިފި އެވެ.

ދާދި ފަހުން އެފްއޭ ކަޕްގެ ޗެމްޕިއަން ކަން ލެސްޓާ ސިޓީ އުފުލާލުމަށް ފަހު ލެސްޓާގެ ދެ ކުޅުންތެރިން އުފާ ފާޅުކުރުމުގެ ތެރެއިން ވެސް ފަލަސްތީނުގެ ދިދަ ވަނީ ވިހުރުވާލާފައެވެ.

ފަލަސްތިނަށް ދެމުންދާ ހަމަލާތައް ކުއްވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްރާއިލް އާއި ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ.

މިއީ އަހަރަކާއި އެއް މަހަށްވުރެ ގިނަ ދުވަހަށްފަހު ޔުނައިޓެޑުގެ ދަނޑަށް ސަޕޯޓަރުން ވަތް މެޗެކެވެ. . މި ދެ ކުޅުންތެރިން ފަލަސްތީނު ދިދަ ހޯދާފައިވަނީ ވަދެތިބި ސަޕޯޓަރުންގެ އަތުންނެވެ.

މެޗަށްފަހު ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ވެސް ވަނީ ކުޅުންތެރިންގެ އަމިއްލަ ހިޔާލުފާޅު ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ބުނެ އެ ކަމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ބުނެފައެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ ކުޅުންތެރިއަކަށް ވެސް އޮންނާނެ ކަމަށް ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293