twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ކުޅުދުއްފުށީ: 90 ގެއެއް ކަރަންޓީނުގައި، އަންނަ ހަފުތާ އިތުރު 70 ގެއެއް، ސަމާލުވޭ!

އަބްދުލް ވާހިދު ޙަސަން
Jun 17, 2021
3

މާލެ ސަރަހައްދާއި ރިސޯޓްތަކުން އަންނަ ހަފްތާ ގިނަ އަދަދެއްގެ ބަޔަކު ކުޅުދުއްފުއްޓަށް އަންނާނެ ކަމަށާއި އެހެންވެ ކޮވިޑް ފެތުރިދާނެތީ އެކަމަށް ސަމާލުވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ދާއޫދު ކޭއޯއަށް ވިދާޅުވީ، ގިނަ އަދަދެއްގެ މި ފެށޭ ހަފުތާ ރަށަށް އަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ މާލެ ސަރަހައްދުންނާއި ރިސޯޓްތަކުން ރަށަށް އަންނަ ފަރާތަކެވެ.

އަންނަ ހަފްތާގައި ކުޅުދުއްފުއްޓަށް އަންނަ މީހުން ކަރަންޓީނަށް 70 ގެއެއް ނަގައި ހުއްދަދީފައިވާއިރު މިހާރުވެސް ކަރަންޓީނުގައި 91 ގެއެއް އެބަހުއްޓެވެ.

އޭނާ ވިދާޅުވީ ގިނަ ބަޔަކު ރަށަށް އަންނައިރު ބަލި ފެތުރިދާނެކަމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި އެހެންވުމުން ކަރަންޓީނު އުސޫލަށް ފުރިހަމައަށް ހުރިހާ ފަރާތްތަކުން އަމަލުކުރުމަށް އެދުނެވެ.

"ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ކަރަންޓީނަށް އަންނަމުންދާއިރު އަންނަ ހަފްތާ އިތުރަށް 70 ގެ ކަރަންޓީނަށްދާނެ. އެއީ މާލެ އާއި ރިސޯޓްތަކުން އަންނަ މީހުން. އެހެންވީމަ ފުދޭވަރަކަށް (ކޮވިޑްގެ) ބޮޑުރާޅެއް ނަގައިދާނެ. ނަގައިދާނެތީ އެ ބޭފުޅުން އުސޫލުތަކާ ހިލާފު ވެއްޖެނަމަ ކޮންޓްރޯލެއް ނުކުރެވޭނެ." ކައުންސިލަރު މުހައްމަދު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި މިވަގުތު ކޮވިޑް އެކްޓިވް 28 ކޭސް ފެނިފައިވާއިރު ރަށް އޮތީ މޮނިޓަރިންގ އެވެ. ބަލި ފެތުރުމުގެ ފުރުސަތު ބޮޑުއިރު ހާލަތު ގޯސްވެއްޖެނަމަ އެކަމުގެ އަސަރު މުޅި ރަށަށްކޮށް ވިޔަފާރިތަކާއި އަމިއްލަ މީހުންގެ މަސައްކަތައް ހުއްޓި، ހާލުގައި ޖެހޭނެ އެވެ. އެހެންވެ އެކަމަށް ސަމާލުވެ އެންމެންގެ ރައްކަލަކަށް ހެދިފައިހުރި އުސޫލުތަކަށް އަމަލުކުރުމަށް މުހައްމަދު ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ އިންޑިޔާ ވޭރިއަންޓާއި ޔޫކޭގެ ވޭރިއަންޓް ފެނިފައިވާއިރު ފަހުގެ ވޭއިއަންޓް ޖެހުމުން މީހާގެ ހާލަތު ކުއްލިއަކަށް ގޯސްވެ ފުރާނައަށް ނުރައްކާވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355