twitterviber whatsapp telegramfacebookyoutube instagram
4th May 2024

ދެކުނު އޭޝިއާގެ ގައުމުތަކުން ފަަތުރުވެރިން ރާއްޖެ އެތެރެވުމަށް ހުޅުވާލުމަށް ނިންމައިފި

މުޙައްމަދު އަހުމަދު
Jul 13, 2021

ދެކުނު އޭޝިއާގެ ގައުމުތަކުން ފަަތުރުވެރިން ރާއްޖެ އެތެރެވުމަށް ހުޅުވާލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ

ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ނަންބަރު 2021/64 (ދެކުނު އޭޝިއާއިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުމަށް ބަދަލުގެނައުން) އެންގުމުގެ ދަށުން 2021 ޖުލައި 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވުމަށް ހުޅުވާލުމަށް ނިންމައިފި އެވެ.

މިހެން ނިންމާފައިވީ ނަމަވެސް އެޗްޕީއޭއިން ނެރުނު ބަޔާނުގައި ހާމަކުރައްވާފައިވަނީ އެ އެޖެންސީން ވަކިގޮތެއް އަންގަންދެން ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކްއިން ނުވެވޭނެ ކަމުގަ އެވެ. އެހެންނަމަވެސް މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓްކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމުން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓް ހައުސްތަކުގައި ތިބޭ ތިބުން މިކަމުގައި އިސްތިސްނާ ވާނެ އެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކްއިން ކުރުމަށް ހުޅުވާލުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅާ އެކަން 2021 ޖުލައި 30 ގެ ކުރިން އަންގާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355