twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިފަހަރުގެ އޮލިމްޕިކްސްގައި ސާބިއާގެ ނޮވަކް ޖޮކޮވިޗް ކުޅޭނެ

މުޙައްމަދު އަހުމަދު
Jul 17, 2021

މިމަހު ފަށާ ޓޯކިއޯ އޮލިމްޕިކްސްގެ ޓެނިސް އިވެންޓްގައި ކުޅޭނެ ކަމަށް ދުނިޔޭގެ ފިރިހެން އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

ޓޯކިޔޯ އޮލިމްޕިކްސްގައި އޭނާ ފެނުމުގައި އޮތީ 50-50 ފުރުސަތެއް ކަމަށް ޖޮކޮވިޗް ބުނެފައިވީ ނަމަވެސް އިއްޔެ އޭނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ ޓޯކިއޯ އޮލިމްޕިކްސްއަށް ދާނެ ކަމަށެވެ. "ޓޯކިޔޯ އަށް ދާން އަހަރެން ފްލައިޓެއް ބުކް ކޮށްފިން" ޖޮކޮވިޗް ބުންޏެވެ.

2008 ގެ ބެއިޖިން އޮލިމްޕިކްސް އިން ލޯ މެޑެލް ހާސިލްކޮށްފައިވާ ޖޮކޮވިޗް ވަނީ ދާދިފަހުން ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށް ސްޕެއިނުގެ ރަފައެލް ނަޑާލް އާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާގެ ގްރޭންޑް ސްލޭމް ރެކޯޑާ އަރާ ހަމަކޮށްފަ އެވެ. އެއީ 20 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްގެނެވެ.

މި އަހަރުގެ މިހާތަނަށް ތިން ގްރޭންޑް ސްލޭމް ތަށި ކާމިޔާބުކޮށްފައިވާ ޖޮކޮވިޗަށް 1988 ވަނަ އަހަރު ޖަރުމަނުގެ ސްޓެފީ ގްރާފް ހެދި ރެކޯޑާ ހަމަކުރުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެއް އަހަރެއްގެ ހަތަރު ގްރޭންޑް ސްލޭމް އާއި އޮލިމްޕިކްސް ކާމިޔާބުކޮށްގެނެވެ.

އޮލިމްޕިކްސްގެ ޓެނިސް އިވެންޓް މި މަހުގެ 24 ވަނަ ދުވަހު ފަށާއިރު މިފަހަރުގެ މުބާރާތުގައި މަޝްހޫރު އެތައް ކުޅުންތެރިންނެއް ނުކުޅޭނެ އެވެ. އެގޮތުން އަނިޔާގެ ސަބަބުން ނަޑާލް އާއި ފެޑެރާ ނުކުޅޭއިރު އެންޖެލިކާ ކާބާ ވެސް މި ފަހަރުގެ އޮލިމްޕިކްސް އިން ނުފެންނާނެ އެވެ.

ކޮވިޑަށް ޕޮސިޓިވްވުމުގެ ސަބަބުން ޔޮހާނާ ކޮންޓަސް އާއި ޑޭން އެވަންސްއަށް ވެސް ވަނީ މުބާރާތް ގެއްލިފަ އެވެ. ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ނިންމުމުން އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް ވަނީ އޭނާގެ ނަން ނަގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355