twitterviber whatsapp telegramfacebookyoutube instagram
26th April 2024

އޮލިމްޕިކްސް: ޗެމްޕިއަން ބުރެޒިލްއާ ގަދަފަދަ ސުޕެއިންގެ ވާދަވެރި ފައިނަލެއް

މުޙައްމަދު އަހުމަދު
Aug 4, 2021

ކުޅިވަރުގެ ރަން އީދު އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓްގެ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން ބުރެޒިލްއާ، ވަރުގަދަ ސްކޮޑަކާ އެކު މިފަހަރުގެ އޮލިމްޕިކްސްއަށް ނުކުތް ސުޕެއިން ވާދަކުރަން ޖެހިއްޖެ އެވެ.

ސެމީގައި ޕެނަލްޓީން މެކްސިކޯ ބަލިކޮށް ބުރެޒިލް ފައިނަލަށް ދަތުރުކުރިއިރު ސުޕެއިން ސެމީއަށް ދަތުރުކުރީ އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި މިފަހަރުގެ ހޯސްޓް ޖަޕާން ކޮޅަށް ވައްދާލި ލަނޑާއެކުގަ އެވެ.

ތޭވީސް އަހަރުން ދަށަށް ހާއްސަކޮށްގެން އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓް ކުޅުނު ނަމަވެސް ސީނިއާ ތިން ކުޅުންތެރިން ޓީމުގައި ހިމެނެ އެވެ.

ސެމީގައި ބްރެޒިލުން ވަނީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު މި ޕެނަލްޓީތައް ޖަހައިދިނީ ކެޕްޓަން ޑެނީ އަލްވޭސް އާއި ގަބްރިއެލް މާޓިނޭލީގެ އިތުރުން ބްރޫނޯ ހީމާރޭސް އަދި ރެއިނީއޭ ހީސޫސް އެވެ. މެކްސިކޯގެ ޑެނިއަލް އަގީރޭއާ ފިލިޕޭ ވަޒްކުއޭޒްގެ ޕެނަލްޓީ މިސްވިއިރު އަލްބާޓޯ ރޮޑްރިގޭޒް ގޯމޭޒް ވަނީ އެޓީމަށް ޕެނަލްޓީއެއް ކާމިޔާބުކޮށްދީފަ އެވެ. މިއާއެކު މެޗު ނިމުނީ 4 - 1 ބުރެޒިލް މޮޅުވެގެނެވެ.

ސުޕެއިނުން ޖަޕާނު ބަލިކުރީ 115 ވަނަ މިނެޓުގައި މާކޯ އެސެންސިއޯ ވައްދާލި ގޯލުންނެވެ. އެއާއެކު 1 - 0 ޖަޕާނު ބަލިކޮށް ސުޕެއިން މިވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ބުރެޒިލްއާ ސުޕެއިން ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ހުކުރު ދުވަހު ޖަޕާނާއި މެކްސިކޯ ބައްދަލުކުރާ ބުރޯންޒް މެޑަލް މެޗު އޮންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355