twitterviber whatsapp telegramfacebookyoutube instagram
16th April 2024

އޮލިމްޕިކްސްގެ އެތްލީޓުން ޖަޕާނުގެ ގާނޫނާ ހިލާފުވި މައްސަލައެއް ފެންމަތިވެއްޖެ

މުޙައްމަދު އަހުމަދު
Aug 3, 2021

ދުނިޔޭގެ ކުޅިވަރު އީދު ޓޯކިއޯ އޮލިމްޕިކްސްގެ އޮލިމްޕިކް ވިލެޖު ތެރޭގައި ގިނަ އަދަދެއްގެ އެތުލީޓުން ޖަޕާނުގެ ގާނޫނާ ހިލާފުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޖަޕާނުގެ އާއްމު ގާނޫނުގައިވާ ގޮތުގައި މަގުމަތީގައްޔާއި އާންމު ތަންތަނުގައި ބަނގުރާ ބުއިމާއި މަސްތުވެގެން އުޅުމާއި ދުންފަތުގެ އިސްތިއުމާލު ކޮށް ހެދުމަކީ ގަނޫނީ ކުށެކެވެ. އަދި ޓޯކިއޯ އޮލިމްޕިކްސްއާ ގުޅިގެން މި އުސޫލު އޮތީ އޮލިމްޕިކް ވިލެޖުގައި ކަނޑައެޅިފަ އެވެ.

އޮލިމްޕިކް ވިލެޖުގެ ޕަބްލިކް ސަރަހައްދުތަކުގައި ގިނަ އެތުލީޓުންތަކެއް މި އުސޫލާ ހިލާފުވި މައްސަލަ ޓޯކިޔޯ އޮލިމްޕިކްސްގެ ޑިރެކްޓަރު ޖެނެރަލް ޓޮޝީރޯ މޫޓޯ ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

"
"ޖުލައި 31 ވަނަ ދުވަހުގެ ރޭ ގިނަ އަދަދެއްގެ އެތުލީޓުންނާއި ޑެލިގޭޝަންތަކުގެ މެންބަރުން ތިބީ އޮލިމްޕިކް ވިލެޖުގެ ޕާކުގައި. އަދި އެ މީހުން ތިބީ ބަނގުރާ ބޯން. މިކަން އަހަރެމެންނަށް އެނގޭ"
ޓޯކިޔޯ އޮލިމްޕިކްސްގެ ޑިރެކްޓަރު ޖެނެރަލް، ޓޮޝީރޯ މޫޓޯ

މި ވަގުތު އެ މައްސަލަ ބަލަމުންދާކަމަށާއި ބެލުމަށް ފަހުގައި އަމަލު ކުރާނެ ގޮތެއް ނިންމާނެ ކަމަށް ވެސް މޫޓޯ ވިދާޅުވި އެވެ.

އޮލިމްޕިކް ވިލެޖުގައި ބަނގުރާ ބުއިމާއި މަސްތުވެގެން އުޅުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަމެއް ކުރަން ބޭނުންނަމަ އެކަން ކުރަން ޖެހޭނީ އެ އެތްލީޓެއްގެ ޕްރައިވެޓް ރޫމުގަ އެވެ.

މިމައްސަލައިގެ އަދަބެއްގެ ގޮތުގައި ޖޫރިމަނާ ކުރުމުގެ ފިޔަވަޅެއް އަޅާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355