twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސެޓްފިކެޓް ނެތް ފަންނީ މީހުން ސެޓްފިކެޓް ހޯދުމުގެ ފުރުުސަތު ޕޮލިޓެކްނިކުން ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jul 19, 2021

ސެޓްފިކެޓެއް ނުވަތަ ސަނަދެއް ނެތި ތިބި ފަންނީ މީހުން ސެޓްފިކެޓް ހޯދަން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިޓެކްނިކްއިން ހުޅުވާލައިފި އެވެ.

ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓްފިކޭޝަންގެ ގަވައިދު ތަންފީޒުކުރަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމެންޓް އޮތޯރިޓީންނެވެ.

ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓުފިކެޓެއް ނެތި، އެއް ބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއް ވަޒީފާއެއްގައި ދެމިތިބޭ މުވައްޒަފުންގެ ފަންނުވެރިން ބަލައިގަނެ އެމީހުންނަށް ސަނަދު ދިނުމާ ގުޅޭ އުސޫލެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފްތާގައި ވަނީ އާންމުވެސްކޮށްފަ އެވެ. އެ ގަވައިދުގެ ދަށުން ފަންނީ މީހުންނަށް ސަނަދު ދޫކުރަނީ ހާއްސަ އިމްތިހާނެއް ހެދުމަށް ފަހު އެވެ.

"ނެޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓިފިކޭޝަން" ގެ ނަމުގައި ހެދި ގަވައިދުގެ ދަށުން ޓްރޭޑް ޓެސްޓިން ކުރިޔަށް ގެންދަން ތަމްރީން ދޭ ފަރާތް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީވާން ޖެހޭނެ އެވެ. ރާއްޖޭގެ ފުރަތަމަ ޓްރޭޑް ޓެސްޓިން ސެންޓަރުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ ޕޮލިޓެކްނިކެވެ.

ފަންނުވެރިކަން ކަށަވަރުކުރަން ޕޮލިޓެކްނިކުން ދޭ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ އިމްތިހާނުގައި ރަޖިސްޓްރީވާން އޮންލައިންކޮށް ހުށަހެޅޭނެ އެވެ.

އެ އިމްތިހާންގައި ބައިވެރި ވެވޭނީ ވަކި ޝަތުރުތަކެއް ވެސް ފުރިހަމަ ވެގެނެވެ. އޭގެ ތެރޭގައި ރަށު ފެންވަރުގައި ބަލައިގަންނަ މިންވަރަށް ފަންނީ ހުނަރުވެރި މަސައްކަތެއް ކުރާ މަދުވެގެން ފަސް އަހަރުވެފައިވުމާއި ފަންނީ ހުނަވެރިވެ މަސައްކަތްތެރިކަމުގެ ވަޒީފާއެއްގައި މަދުވެގެން ފަސް އަހަރު އުޅެފައިވުން ހިމެނެ އެވެ.

އިމްތިހާންގައި ބައިވެރިވި މީހުންގެ ކިބައިގައި އެކަށީގެންވާ ވަރަށް ހުނަރުހުރިކަން ކަށަވަރުކޮށް އެސެސްމަންޓްތަކުން ފާސްވެއްޖެނަމަ މޯލްޑިވްސް ނެޝެނަލް ސްކްލިކްސް ޑިވޮލޮޕްމަންޓް އޮތޯރިޓީން ގަބޫލުކުރާ ނެޝެނަލް ސެޓްފިކެޓެއް ދޭނެ އެވެ.

ރަޖިސްޓާވާން އެދޭ ފަރާތްތަކުން ޓެސްޓަށް ތައްޔާރުތޯ ބެލާނެ ކަމަށާއި ޓެސްޓައް ތައްޔާރު ވުމަށް ވާން ޖެހޭ ތައްޔާރީތަކާއި ގުޅޭ މައުލޫމާތުދޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355