twitterviber whatsapp telegramfacebookyoutube instagram
6th September 2026

ނަރުހެއް ޕޮޒިޓިވްވެ ދިއްދޫ އަނެއްކާވެސް މޮނިޓަރިންއަށް

ނަބީލާ އިސްމާޢީލް
Jul 26, 2021

ހއ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް އަނެއްކާވެސް މޮނިޓަރިން އަށް ލައިފިއެވެ.

ދިއްދޫ އަށް އަރައިފޭބުން މިރޭ މަނާކޮށް އެޗްޕީއޭ އިން ލިޔުން ފޮނުވާފައި މިވަނީ އެރަށު ހޮސްޕިޓަލުގައި މަސައްކަތްކުރާ އިންޑިއާގެ ނަރުހަކު ކޮވިޑަށް ޕޮޒިޓިވްވެގެނެވެ.

ދިއްދޫ މޮނިޓަރިންގެ ހާލަތުން ނަގާފައި މިވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ.

އެރަށު ކައުންސިލުން ބައެއް މީޑިއާތަކަށް ބުނެފައިވާގޮތުގައި އިންޑިއާ އިން އައި އެ މީހާ ޕޮޒިޓިވްވެފައި ވަނީ ބަލީގެ އަލާމާތް ފެނިގެން ފްލޫ ކްލިނިކަށް ގޮސް ދެއްކުމުން ނެގި ސާމްޕަލަކުންނެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޗްޕީއޭގެ އުސޫލުގައިވާ ގޮތަށް އަޅާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355