twitterviber whatsapp telegramfacebookyoutube instagram
11th September 2026

ދިއްދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ސާފުނުކުރާނަމަ ފިޔަވަޅުއަޅަނީ

ނަބީލާ އިސްމާޢީލް
Sep 11, 2026

ހއ.ދިއްދޫގައި ދިރިއުޅުމަށް ދޫކޮއްފައިވާ ބަނޑާރަގޯތިތަކުގެ ތެރެއިން ސާފުނުކުރާ ގޯތިތައް ސާފުކުރުމަށް އެ ރަށު ކައުންސިލުން މުއްދަތެއްދިނުމަށްފަހު އެ މުއްދަތުގައި ސާފުނުކުރާ ގޯތިތަކާއިމެދު ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ދިއްދޫއަކީ ސާފުތާހިރު ރަށެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ރަށަކަށް ވާތީ، އެ ގޮތުގައި ދެމި އޮތުމަކީ ދިއްދޫގެ ރައްޔިތުންނާއި ކައުންސިލުންވެސް ނުހަނު ބޮޑު އިސްކަމެއް ދޭ ކަމެއްކަމުގައި އެ ކައުންސިލުން ފާހަގަކޮއްފައިވެއެވެ.

ދިއްދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މީހުން ދިރިއުޅުމަށް ދޫކޮއްފައިވާ ބަންޑާރަ ގޯތިތަކަކީ، ސަރުކާރުން ހަދާފައިވާ ގަވައިދުތަކަށް އަމަލު ކުރުމަށް ޝަރުތުކުރެވި، އެ ފަރާތްތަކާއި ހަވާލު ކުރެވިފައިވާ ގޯތިތަކެއްކަމަށެވެ.

ގަވާއިދުތަކުގެ ތެރޭގައި ގޯތީގެ ވަށާފާރު ރާނައި ގޯތިތެރެއާއި ގޯތި ގުޅިފައިވާ މަގު ކުނިކަހައި ވިނަނޮޅައި ސާފުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދަތިނުވާގޮތަށް ބެލެހެއްޓުމަށްވަނީ ޝަރުތުކުރެވިފާވާކަމަށް ށެވެ.

މި ގަވައިދުތަކާ ހިލާފަށް ބައެއް ފަރާތްތަކުން ގޯތިތަކާމެދު އަމަލު ކުރަމުން ދާތީ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ސިއްހީގޮތުންނާ އެހެނިހެން ގޮތްގޮތުން ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާކަމަށް ކައުންސިލުން ބުނެއެވެ.

ސާފުނުކުރާ ގޯތިތައް 9 ނޮވެމްބަރ 2026ގެ ކުރިން ސާފުކޮށް ނިންމުމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ. އަދި މި މުއްދަތު ހަމަވުމުން ސާފުނުކޮށް ހުރި ގޯތުތައް ބެލުމަށްފަހު އެ ފަދަ ގޯތިތަކުގެ މައްސަލަ ޝަރުއީ ކޯޓަށް ހުށަހަޅައި ގޯތި ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293