twitterviber whatsapp telegramfacebookyoutube instagram
2nd April 2026

އަކޫ އާއި ފައިސަލް ވެސް އީގަލްސްއަށް، މިފަހަރު ފޯރިގަދަ ވާނެ

މުޙައްމަދު އަހުމަދު
Jul 29, 2021

ވެލެންސިއާ އަށް ކުޅޭ ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އަދި ގޯލްކީޕަރު މުހައްމަދު ފައިސަލް އީގަލްސްގެ ޕްރެކްޓިހުގައި އިއްޔެ ބައިވެރިވެއްޖެ އެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި ވާދަކޮށް ގުރޫޕް ސްޓޭޖްގެ ޖާގައެއް ހޯދުމުގެ އަޒުމުގައި އީގަލްސްއިން ވަނީ ނަން މަޝްހޫރު ކުޅުންތެރިން ގެނެސްފަ އެވެ. އެގޮތުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ކުޅުނު އިސްމާއިލް އީސާ (މެސީ) އާއި މުހައްމަދު އާރިފް (ބަކާ) ގެ އިތުރުން ރާއްޖޭ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަހުމަދު ހަސަން (އައްމަޑޭ) ވެސް ހިމެނެ އެވެ.

މިކުޅުންތެރިންނަށް އޭއެފްސީ ކަޕަށް ފަހު ދާއިމީކޮށް އެހެން ކްލަބްތަކާ ގުޅުމުގެ ފުރުސަތު އޮންނާނެ އެވެ. ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އާއެކު ނުކުންނަ އީގަލްސް ޕްލޭއޮފާ ހަމައަށް ދަތުރުކުރީ ކޮލިފައިން ފުރަތަމަ މެޗުގައި ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށްގެންނެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހު މާލޭގަ އެވެ. އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީގެ މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު މާލޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355