twitterviber whatsapp telegramfacebookyoutube instagram
10th September 2026

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބިސް ބުރަށް

މުޙައްމަދު އަހުމަދު
Aug 21, 2021

އެފްއޭއެމްގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅެވުނު ދެ ވަނަ ސެމީ ފައިނަލުގައި ލިޓްލް ޓައުން ސްޕޯޓްސް (އެލްޓީ) 2-0 ން ބަލިކޮށް ބިސް ބުރު ސްޕޯޓްސް ކްލަބް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ފައިނަލުގައި ބިސް ބުރު ނުކުންނަން ޖެހޭނީ މި ފަހަރުގެ މުބާރާތަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި ޓީމަކީ ބުރާ ދެކޮޅަށެވެ. ބުރު ވަނީ ސެމީ ފައިނަލުގައި ކްލަބް އޮންލީ ވަން އޮޕޮޗިއުނިޓީ (އޯވަންއޯ) 7-1 ގެ ބޮޑު ފަރަގަކުން ބަލިކޮށްފަ އެވެ.

މެޗުގައި ބިސް ބުރަށް ލަނޑުޖަހައިދީފައިވަނީ މުހައްމަދު ފާރިޝް ހަސަން އަދި މުހައްމަދު ފައިހާން އިމްރާނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ފައިހާން ބިސް ބުރަށް ލީޑު ނަގައިދިން އިރު ދެވަނަ ހާފު ނިމެން ތިންވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ބިސް ބުރުގެ ލީޑު ފުޅާކޮށްދިނީ ފާރިޝް އެވެ.

ތިން ވަނަ ޑިވިޝަނުގެ ފައިނަލު މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ ހޯމަ ދުވަހުގެ ރޭ އެވެ. އަދި ދެވަނަ ޑިވިޝަނުން މިފަހަރު ފުރުސަތު ލިބެނީ ބިސް ބުރާއި އޯވަންއޯ، ބުރު ސްޕޯޓްސް އަދި އެލްޓީ އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293