twitterviber whatsapp telegramfacebookyoutube instagram
21st March 2026

ބިސް ބުރު ބަލިކޮށް ބުރަށް ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ލިބިއްޖެ

މުޙައްމަދު އަހުމަދު
Aug 24, 2021

ބިސް ބުރު ސްޕޯޓްސް ބަލިކޮށް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކްލަބު ހޯދައިފި އެވެ.

ބުރު ސްޕޯޓްސްއިން މިމެޗު ކާމިޔާބުކުރީ 11 - 0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ބުރު ސްޕޯޓްސް ކުލަބްގައި ކުރިން ފުރަތަމަ ޑިވިޝަނަށް ކުޅުނު ތަޖުރިބާކާރު ކުޅުންތެރިން ހިމެނެ އެވެ.

މިރޭ ކުޅުނު ފައިނަލު މެޗުގައި ޔޫކްރޭންގެ ފޯވަޑް ވޭޑަމް ޕެޓްރޯވް ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. ކުރިން މާޒިޔާ އާއި އީގަލްސް އަދި ވިކްޓަރީއަށް ކުޅުނު ތައްތި ވެސް ދެ ލަނޑު ޖެހި އެވެ. އަބްދުﷲ ޝާފިއު ވެސް ދެ ލަނޑު ޖެހި އެވެ. އަދި ކުލަބު ގްރީން ސްޓްރީޓަށް ކުރިން ކުޅުނު ފޯވަޑް ޔޫކްރޭންގެ ސޯބޯލް އިލިއާ ވެސް ވަނީ އެއް ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑު ވަނީ ބިސް ބުރު ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށެވެ.

ފައިނަލަށް ދަތުރު ކުރުމުން ބުރު އަދި ބިސް ބުރު ވެސް ވަނީ ދެ ވަނަ ޑިވިޝަނަށް ކޮލިފައިވެފައިވާއިރު ސަސްޕެންޝަނުން ސަލާމަތްނުވެއްޖެނަމަ ކުރީގެ ގަދަ ބާރުތައް ކަމަށްވާ ވިކްޓަރީ އާއި ނިއު ރޭޑިއަންޓްގެ ޖާގަތައް ލިބޭނީ ތިން ވަނަ ޑިވިޝަނުގެ ސެމީ ފައިނަލަށް ދެ ޓީމު ކަމަށްވާ ކްލަބު އޮންލީ ވަން އޮޕަޗިއުނިޓީ އާއި އެލްޓީ އަށެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތައްތި ހޮވުނުއިރު އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ބިސް ބުރުގެ ވިސާމް އަބްދުﷲ އެވެ. އަދި ފެއާޕްލޭ ޓީމަކީ ވެސް ބުރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355