twitterviber whatsapp telegramfacebookyoutube instagram
15th August 2026

ކާވަހާލްގެ ވޮލީން ރެއާލަށް ހަނި މޮޅެއް

މުޙައްމަދު އަހުމަދު
Aug 29, 2021

ރޭ ސްޕެނިޝް ލީގުގައި ކާވަހާލްގެ ވޮލީން ކާމިޔާބުކުރި ގޯލާއެކު އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ރެއާލުން މުހިންމު މޮޅެއް ހޯދައިފި އެވެ.

ސީޒަނުގެ ފުރަތަމަ މެޗުގައި ރެއާލުން 4-1 އިން އަލަވޭސް ބަލިކުރިއިރު ދެވަނަ މެޗުގައި ލެވާންޓޭއާ އެއްވަރުވުމުން މިމެޗުން މޮޅެއް ރެއާލަށް އޮތީ ވަރަށް މުހިންމުވެފަ އެވެ.

ދެ ވަނަ ހާފްގެ 61 ވަނަ މިނިޓްގައި ބެންޒެމާ ނެގި ހުރަހަކުން ކާވަހާލް ޖެހި ވޮލީން ރެއާލް މޮޅުވިއިރު އެޓީމުން އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ފުރަތަމަ ތިންމެޗު ނިމުނުއިރު ރެއާލް އޮތީ ލީގުގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު 2 ގޯލު ތަފާތުންނެވެ. ކޮވިޑް-19 ގެ ސަބަބުން ރެއާލުގެ އާމްދަނީން 300 މިލިއަން ޔޫރޯ ވަނީ ގެއްލިފަ އެވެ. އަދި އެހެންވުމުގެ ސަބަބުން މިފަހަރުގެ ޓްރާންސްފާ މާކެޓްގައި އެޓީމުން ބަޔާންގެ ޑިފެންޑަރު ޑޭވިޑް އަލަބާ ވަނީ ހިލޭ ޓްރާޏްސްފާއެއްގެ ދަށުން ގެނެސްފަ އެވެ.

ރެއާލުން އަންނަނީ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބާޕޭ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355