twitterviber whatsapp telegramfacebookyoutube instagram
18th May 2024

ޕްރިމިއާ ލީގުގެ ޓްރާންސްފާ ހަރަދުތައް 1 ބިލިއަން ޕައުންޑުން މައްޗަށް، ޓްރާންސްފާ މާކެޓްގެ އަޕްޑޭޓްސް

މުޙައްމަދު އަހުމަދު
Sep 1, 2021

މިފަހަރުގެ ޓްރާންސްފާ މާކެޓަކީ ފުޓްބޯޅައިގެ ފަހުގެ ތާރީހުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެއް ޓްރާންސްފާ މާކެޓެވެ.

ޓްރާންސްފާ މާކެޓް ހާއްސަވަނީ ފުޓްބޯޅަ ދުށް އެންމެ މޮޅު ދެކުޅުނުތެރިންގެ ޓްރާންސްފާގެ އިތުރަށް މަޝްހޫރު ކުޅުންތެރިންގެ ޓްރާންސްފާގެ ސަބަބުންނެވެ. އަދި މީގެއިތުރުން އަގުބޮޑެތި ޓްރާންސްފާތަކުގެ ސަބަބުންވެސް މިޓްރާންސްފާ މާކެޓް ހާއްސަވެ އެވެ.

މިފަހަރުގެ މާކެޓްގައި އެންމެ ބޮޑު ހޭދައެއް ކުރި ޕްރިމިއާ ލީގުގެ ކުލަބުތަކުން އެކަނިވެސް ވަނީ 1.1 ބިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ޕްރިމިއާ ލީގުގެ ކުލަބުތަކުން ހޭދަކުރިވަރު ދަށެވެ.

މިފަހަރުގެ އެންމެ ފާހަގަކޮށްލެވޭ ދެ ޓްރާންސްފާއަކީ 12 އަހަރަށްފަހު ޕޯޗުގަލްގެ ތަރި ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އައުމާއި 21 އަހަރަށްފަހު ބާސާ ދޫކޮށް ހަފަހަރު ބެލަންޑޯ ކާމިޔާބުކުރި މެސީ ޕީއެސްޖީއަށް ބަދަލުވި ހަބަރެވެ.

އެހެން ޓްރާންސްފާތަކަށް ބަލާއިރު އެމްބާޕޭ ގަންނަން ރެއާލުން ހުށައެޅި ދެބިޑު ޕީއެސްޖީން ރިޖެކްޓްކޮށްލުމުން އެޓްރާންސްފާ ވަނީ ނިމިފަ އެވެ.

ޖޫން 9 ން ފެށިގެން އޮގަސްޓް 31 އަށް ކުރިއަށް ދިޔަ ޓްރާންސްފާ މާކެޓްގައި މުޅި ޖުމްލަ 1.1 ބިލިއަން ޕައުންޑް ހޭދަކުރިއިރު މިއީ މިދިޔަ ޓްރާންސްފާ މާކެޓަށް ވުރެ 11 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޓްރާންސްފާގައި 1.3 ބިލިއަން ޕައުންޑް ހޭދަކޮށްފައިވާއިރު އެއަދަދަކީވެސް 2019 ވަނަ އަހަރަށް ވުރެ 9 ޕަސެންޓް ދަށް އަދަދެކެވެ.

ފައިނޭންޝަލް ސާވިސަސް ފާމް ކަމަށްވާ ޑެލޮއިޓުން ބުނާގޮތުގައި 2015 ވަނަ އަހަރަށްފަހު މިއަހަރަކީ ޕްރިމިއާ ލީގުގެ ކުލަބުތަކުން އެންމެ ކުޑަ އަދަދެއް ހޭދަކުރި އަހަރެވެ.

ޑެލޮއިޓުގެ ހޯދުންތައް:

1. ޑެޑްލައިން ޑޭގައި އެކަނުވެސް މުޅިއަކު 150 މިލިއަން ޕައުންޑް ހޭދަކޮށްފައިވޭ، އެއާއެކު ޕްރިމިއާ ލީގުގެ ކުލަބްތަކުން މިވަނީ ޖެހިޖެހިގެން 6 ޓްރާންސްފާ މާކެޓްގައި 1 ބިލިއަން ޕައުންޑަށްވުރެ ގިނައިން ހޭދަކޮށްފަ އެވެ.

2. ޕްރިމިއާ ލީގުގެ ކުލަބުތަކުން ވަނީ މިފަހަރު 148 ކުޅުންތެރިން ގަނެފަ އެވެ. އެއީ ކުރީއަހަރުތަކާ އަޅާބަލާއިރު އިތުރު އަދަދެކެވެ. 2020 ވަނަ އަހަރު 132 ކުޅުންތެރިން ގަތްއިރު 2019 ވަނަ އަހަރު ގަނެފައިވަނީ 128 ކުޅުންތެރިންނެވެ.

3. ޕްރިމިއާ ލީގު ކުލަބުތަކުން ގަނެފައި ކުޅުންތެރިންގެ ތެރެއިން މަދުވެގެން 22 ޕަސެންޓް ކުޅުންތެރިންނަކީ ހިލޭ ޓްރާންސްފާގެ ދަށުން ގެނައި ކުޅުންތެރިންނެވެ.

4. ޕްރިމިއާ ލީގުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުޅުންތެރިޔަކު ނުގެންނަނީ އެންމެ 4 ޓީމެވެ. ނަމަވެސް 2020 ވަނަ އަހަރު 8 ޓީމަކުން ނުގެނެ އެވެ. އެހެންކަމުން މިއީ އިތުރުވުމެކެވެ.

5. ޔޫރަޕުގެ އެންމެ ބޮޑު ފަސް ލީގުގެ ތެރެއިން ޓްރާންސްފާ ފީ އެހެން އަހަރުތަކަށްވުރެ އިތުރުވީ ހަމައެކަނި ބުންޑަސްލީގާގަ އެވެ.

ޔޫރަޕުގެ އެންމެ ފާހަގަކޮށްލެވޭ ޓްރާންސްފާތައް:

1. ރެއާލް މެޑްރިޑުން ވަނީ ރެނެސްގެ ފްރާންސް މިޑްފީލްޑަރު އެޑުއާޑް ކަމަވިންގާގެ ސޮއި ހޯދާފަ އެވެ.

2. ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލުމުން އެކަމުގެ ރައްދަކަށް ޔުވެންޓަސްއިން އެވަޓަންއަށް ކުޅޭ އިޓަލީ ސްޓަރައިކަރު މޮއިސް ކީން ދެއަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ގެނެސްފަ އެވެ.

3. ބާސެލޯނާއިން ވަނީ ހަރަދުތައް ކުޑަކުރުމަށް ގްރީޒްމަން ލޯނު އެއްބަސްވުމެއްގެ ދަށުން އެތްލެޓިކޯއަށް ދޫކޮށްލާފަ އެވެ. އަދި އިލެއިކްސް މޮރައިބާ އާރބީ ލިޕްޒީގަށް ވިއްކާލާފަ އެވެ.

4. ޕްރިމިއާ ލީގަށްފަހު އެންމެ ގިނައިން ހޭދަކުރި ލީގަކީ ސެރިއާ އޭ އެވެ. އެލީގުން ވަނީ 475 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355