twitterviber whatsapp telegramfacebookyoutube instagram
24th April 2024

މެންޓަލް ހެލްތް ދާއިރާއިން މާސްޓަރސް ފެންވަރުގެ 46 ސްކޮލަރޝިޕަށް ހުޅުވާލައިފި

ޚަދީޖާ އާދަމް
Sep 14, 2021

މެންޓަލް ހެލްތް ދާއިރާއިން މާސްޓަރސް ފެންވަރުގެ 46 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އިފްތިތާހު ކޮށްދެއްވައި މިިދިޔަ އޯގަސްޓު މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މި ސްކޮލަރޝިޕްތަކަށް ވަރަށް އަވަހަށް ހުޅުވާލާނެކަން އޭރު ހާމަ ކުރައްވާފައެވެ

ރައީސް ވިދާޅުވީ މެންޓަލް ހެލްތުގެ ދާއިރާއިން ކްލިނިކަލް ސައިކޮލޮޖީއާއި، ޕްރޮފެޝަނަލް ކައުންސެލިންގ، އަދި އެޑިކްޝަން ސްޓަޑީޒްގެ ސްކޮލަރޝިޕްތައް ހިމެނޭގޮތަށް، މާސްޓަރސް ފެންވަރުގެ ސްކޮލަރޝިޕްގެ ފުރުސަތު ސަރުކާރުން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

އިގްތިސާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު، މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާތަކެއް އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ތެރެއިން ވެސް މެންޓަލް ހެލްތުގެ ދާއިރާއަކީ ވަރަށް ހާއްސަ އިސްކަމެއްދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއް ކަމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިވަނީ މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށް ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ.

މާސްޓަރސް ފެންވަރުގެ މި ސްކޮލަރޝިޕްތަކަށް ހުޅުވާލާފައިވާ ދާއިރާތަކަށް ބަލާއިރު، ކްލިނިކަލް ސައިކޮލޮޖީން 10 ފުރުސަތު، އެޑިކްޝަން ސްޓަޑީޒް/މެނޭޖްމަންޓް އިން 5 ފުރުސަތު، ސައިކޭޓްރީން 2 ފުރުސަތު، ސައިކޭޓްރިކް ނަރސިންގ އިން 11 ފުރުސަތު، ކައުންސެލިންގ/ސައިކޯތެރަޕީން 10 ފުރުސަތު، ލާރނިންގ ޑިސްއެބިލިޓީން 8 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355