twitterviber whatsapp telegramfacebookyoutube instagram
20th May 2025

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި

މުޙައްމަދު އަހުމަދު
Nov 4, 2021

ޒިގްޒެގުން އިސްނަގައިގެން ކުޅުދުއްފުށީގައި އޮފީސްތަކުގެ މެދުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަސްކޮށްފި އެވެ.

އެ ޖަމިއްޔާގެ ވައިސް ޗެއާރމަން އަންވަރު އާދަމް ކޭއޯއަށް ވިދާޅުވީ މިފަހަރުގެ މުބާރާތް ފަސްކުރި އެއްސަބަބަކީ ކުލަބް މޯލްޑިވްސް ކަޕާއި ޒިގްޒެގް މުބާރާތް ކްލޭޝްވިޔަ ނުދިނުމަށެވެ. ފަސްކުރަންޖެހުނު އަނެއް ސަބަބަކަށް އަންވަރު ވިދާޅުވީ ރަށުގައި އޮންނަ އެހެން މުބާރާތްތަކާއި ކްލޭޝް ނުވާނެހެން ކުރިއަށް ގެންދިއުމަށާއި މިއަހަރު މިމުބާރާތް ބޭއްވެން ނެތުމުން ކަމަށެވެ.

އަންވަރު ހާމަކުރިގޮތުގައި ކްލަބް މޯލްޑިވްސް ކަޕާ ކްލޭޝްވާން ބޭނުންވާ ސަބަބަކީ އެއީ ޒިގްޒެގް މުބާރާތަކީ ރާއްޖޭގެ އެންމެ ނަން މަޝްހޫރު ކުޅުންތެރިން އައިސްގެން ކުޅޭ މުބާރާތަކަށް ވެފައި އެފުރުސަތު ގެއްލެން ބޭނުންނުވާތީ ކަމަށެވެ. މިއީ މުބާރާތުގެ ކޮލެޓީ ހިފެހެއްޓުމަށްޓަކައި ނިންމި ނިންމުމެއް ކަމަށްވެސް އަންވަރު ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން މުބާރާތް ފަސްކުރި އެންމެ މައިގަނޑު ސަބަބަކީ އެކުޅުންތެރިންނަށް ބައިވެރިނުވެވުން ކަމަށް އަންވަރު ފާހަގަކުރި އެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް މިއަހަރުގެ ޑިސެމްބަރުގެ ތެރޭގައި ހުޅުވާލާނެކަމަށް ވެސް ވިދާޅުވި އެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 1 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355