twitterviber whatsapp telegramfacebookyoutube instagram
10th September 2026

18 އަހަރުތެރޭ ފުރަތަމަ ފަހަރަށް ބަންގްލަދޭޝްއިން ރާއްޖެ ބަލިކޮށްފި

މުޙައްމަދު އަހުމަދު
Nov 13, 2021

މިހާރު ސްރީލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުން 2 - 1 ގެ ނަތީޖާއަކުން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ އެވެ.

ފާއިތުވި 18 އަހަރު ތެރޭގައި ބަންގްލަދޭޝް އިން ރާއްޖެ ބަލިކުރި މީ ފުރަތަމަ ފަހަރެވެ. މިމެޗާ ހަމައަށް އައިއިރު ބަންގްލަދޭޝް އަދި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އެއްވަރުވެ ދެޓީމު އޮތީ އުދަނގޫ ހާލަތެއްގަ އެވެ.

ރާއްޖެ އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު މިވަނީ މިއަދުގެ ބައްޔާއެކު ގެއްލިފަ އެވެ. ރާއްޖެއަށް ފައިނަލުގެ ޖާގައެއް އޮތީ ފަހު މެޗުގައި ސީޝެލްސް އަތުން ބޮޑު ތަފާތަކުން މޮޅުވެ ބަންގްލަދޭޝް އާއި ލަންކާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

އެހެންނަމަވެސް މިރޭ ލަންކާ އިން ސީޝެލްސް ބަލިކޮށްފިނަމަ ފަހު މެޗުގައި ބަންގްލަދޭޝް އާއި ލަންކާ އެއްވަރުކޮށްލައިގެން އެ ދެޓީމަށް ފައިނަލް ކުޅެވޭނެ އެވެ.

މެޗުގެ 12 ވަނަ މިނިޓްގައި ބަންގްލަދޭޝް އިން ލީޑު ނެގީ ކެޕްޓަން ޖަމާލް ބުޔާންގެ ލަނޑުންނެވެ. ރާއްޖޭން އެއްވަރުކުރީ މެޗުގެ 32 ވަނަ މިނިޓްގައި މުހައްމަދު އުމެއިރު ޖަހައިދިން ލަނޑުންނެވެ. ބަންގްލަދޭޝް މޮޅުވި ލަނޑުޖެހީ މެޗު ނިމެން އުޅެނިކޮށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ކުޅަދާނަ ޑިފެންޑަރު ޓޯޕޫ ބާރމަން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293