ސިކްސް ޑޭޒް އޮފް ގެންޓްގައި މޭކަށިގަނޑުން ދެކަށި ބިނދި ފުއްޕާމޭ ކޮލެޕްސްވެ ލިބުނު ނުރައްކާތެރި އަދި ސީރިއަސް އަނިޔާތަކަށް ފަހު މީހުންގެ ފަރާތުން ލިބުނު ސަޕޯޓިވް މެސެޖްތަކުގެ ސަބަބުން ވަރަށް އުފާވެއްޖެކަން ހާމަކޮށް އެހުރިހާ ފަރާތްތަކަށް އިނގިރޭސި ސައިކްލިސްޓް މާކް ކެވެންޑިޝް ޝުކުރުއަދާކޮށްފި އެވެ.
އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ލަސޭ ނޯމަން ހަންސެން ކްރޭޝްވެ އެކްސިޑެންޓްވީއިރު 36 އަހަރުގެ ބްރިޓިޝް ސައިކަލިސްޓް ކެވެންޑިޝް އައީ މެޑިސަންގައި ވާދަކުރަމުންނެވެ. ދެން އޭނާއަށް ކުއްލިއަކަށް ދުއްވާލެވުނީ ޑޭންގެ ބައިކަށެވެ. އަދި އޭގައި ޖެހިފައި އޭނާ ވެއްޓުނެވެ.
އެތަނުގައި ފުރަތަމަ ފަރުވާ ދިނުމަށްފަހު ފަހުން ކެވެންޑިޝް ވަނީ ސްޓްރެޗާރއަށް އަރުވައިގެން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
Just want to say how overwhelmed & thankful I am for all the support and well-wishes.
— Mark Cavendish (@MarkCavendish) November 22, 2021
So @zesdaagseGent didn’t end the way we’d have preferred, I think it’s fair to say 😅 Some water on the track, a high speed crash and a few barrel rolls later, I’m being treated for some pic.twitter.com/Alvhn1Jnjk
ކެވެންޑިޝްގެ ޓީމު ޑެސެއުނިންކްއިން ނެރުނު ބަޔާނެއްގައި ބުނީ ޓެސްޓްތަކުން ދައްކާގޮތުގައި ކެވެންޑިޝްގެ މޭކަށިގަނޑުން (ރިބް ކޭޖުން) ވަނީ ދެކަށިގަނޑު ބިންދައިގެން ގޮސްފަ އެވެ. އަދި އެއީ ވާއަތް ފަރާތުގަ އެވެ. އަދި ކުޑަކޮށް ފުއްޕާމޭ ކޮލޭޕްސްވެފައިވާކަން ޓެސްޓުތަކުން ދައްކާކަމަށާއި މިވަގުތު ހޮސްޕިޓަލުގައި އިތުރަށް ކަންކަން ބެލުމަށް ބާއްވާފައި އޮތްކަން އެޓީމުން ހާމަކުރެ އެވެ.
"އުއްމީދުކުރެވޭ ގޮތުގައި މާކް ހޮސްޕިޓަލުން މިއަދުގެ ނޫނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ދޫކޮށްލާނެ. އަދި ރެސިއުޕަރޭޝަން ޕީރިއަޑެއް ފުރިހަމަކުރާނެ." ޑެސެއުނިންކްއިން ބުނެ އެވެ.
މީހުންގެ ހެޔޮއެދުންތަކަށް ޝުކުރުއަދާކުރަމުން ކެވެންޑިޝް ކުރި ޓްވީޓެއްގައި ބުނީ ހަދުވަހުގެ ގެންޓް އިވެންޓް ނިމުނީ އެންމެ ބޭނުންވި ގޮތަށް ނޫންކަމަށެވެ. އަދި އޭނާވަނީ އޭނާގެ ފަރުވާދަނީ ރަނގަޅަށްކަން ހާމަކޮށް މީހުން ދެމުންދާ ވެލް ވިޝަސްތަކަށް ޝުކުރުގެ އުދާސްތައް ބަންޑުންކޮށްލާފަ އެވެ.