twitterviber whatsapp telegramfacebookyoutube instagram
2nd April 2026

ރާޅާއެޅުމުގެ ފުރަތަމަ ގައުމީ އަންހެން ޗެމްޕިއަންކަން އާޔާ ހޯދައިފި

މުޙައްމަދު އަހުމަދު
Nov 25, 2021

ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖްގެ ނަމުގައި ބާއްވާ ގައުމީ ރާޅާއެޅުމުގެ މުބާރާތުގެ އަންހެން އޯޕަން ޑިވިޝަން ޗެމްޕިއަންކަން އާޔާ ނަސީމް ހޯދައިފި އެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021 ނަމުގައި ކުރިއަށްގެންދާ ގައުމީ ރާޅާ އެޅުމުގެ މުބާރާތުގެ އަންހެން އޯޕަން ޝޯޓްބޯޑް ފައިނަލް ހީޓުގައި އިއްޔެ އާޔާ މޮޅުވީ ޝާޒިޔާ ސައީދު (ޝާޒު) އާ ވާދަކޮށެވެ.

އާޔާ ފައިނަލް ހީޓް ކާމިޔާބުކުރީ 8.17 ޕޮއިންޓް ހޯދައިގެންނެވެ. މި ހީޓުން ޝާޒަށް ލިބުނީ 5.70 ޕޮއިންޓެވެ. ޝޯޓްބޯޑް ފައިނަލްގައި ތިންވަނަ ހާސިލްކުރީ ނާހާ ނަސްރުﷲ އެވެ.

ޗެމްޕިއަންކަން ހޯދުމުން އާޔާ އަށް 15000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނުއިރު ދެވަނައަށް 10000 ރުފިޔާ އަދި ތިންވަނަ އަށް 7000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފަ އެވެ.

މި މަހު 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ ގައުމީ ސާފިން މުބާރާތުގައި 24 ރަށަކަށް ނިސްބަތްވާ 102 ސާފަރުން ހިމެނެ އެވެ. އަދި 14 ރަށަކަށް ނިސްބަތްވާ ޓީމުތަކެއް މިމުބާރާތުގައި ބައިވެރިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355