twitterviber whatsapp telegramfacebookyoutube instagram
14th July 2026

އިހަވަން ކަޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި، ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ

ނަބީލާ އިސްމާޢީލް
Nov 30, 2021

ހއ އަދި ހދ ގެ ރަށްތަކުގެ ޓީމް ތަކަށް ހުޅުވާލައިގެން ކްލަބް ޕޯލްސް ސްޓާއިން ބާއްވާ “އިހަވަން ކަޕް” މިއަހަރުވެސް ބާއްވަން ނިންމާ އެމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިހަވަން ކަޕަކީ ހއ އަދި ހދ އަތޮޅިގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، އެންޖީއޯތަކާއި، ކުންފުނިތަކާއި އަދި ރިސޯޓްތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފަ ކަމަށް މުބާރާތް އިންތިޒާމްކުރާ ކްލަބް ޕޯލްސް ސްޓާއިން ބުނެއެވެ.

އަންނަ މަހު 24 ވަނަ ދުވަހު އިހަވަންދޫ ހުރަވީ ފުޓްބޯޅަ ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމަށް ފޯމު ހުށަހެޅޭނެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ.

މުބާރާތުގައި ބައިވެރި ވުމަށް ހުށަހަޅާ ފޯމު 2000 ރުފިޔާގެ ފީއަކާއިއެކު ބަލައިގަތުމަށް ހަމަޖެހިފައިވާ އިރު، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، މުބާރާތުގެ ޤަވާއިދު ކުލަބް ޕޯލްސްޓާރގެ އޮފީހުންނާއި އެ ޖަމްއީއްޔާގެ ފޭސްބުކް ޕޭޖުން ލިބޭނެ ކަމުގައި އެ ޖަމްއިއްޔާއިން މަޢުލޫމާތު ދެއްވައެވެ.

މިއީ ކުލަބް ޕޯލްސްޓާއިން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. ފުރަތަމަ މި މުބާރާތް މިދިޔަ އަހަރު ބޭއްވިއިރު، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނޮޅިވަރަމް "ޕެނީ" ޓީމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355