twitterviber whatsapp telegramfacebookyoutube instagram
6th February 2026

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ޕޯޗުގަލްގެ ކޮސްޓާ

މުޙައްމަދު އަހުމަދު
Dec 22, 2021

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ޕޯޗުގަލްގެ ކޯޗު ސިމާއޯ ކޮސްޓާ ހަމަޖައްސައިފި އެވެ.

ކޮސްޓާ ކުރި ޕޯސްޓެއްގައިވަނީ އޭނާ އަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަމަށް ބުނެ އޭނާ އަށް މި ފުރުސަތު ހޯދައިދޭން އެހީތެރިވި ހުރިހާ ފަރާތަކަށް ޝުކުރު އާދަކޮށްފަ އެވެ.

އެފްއޭއެމުން ހާމަކުރިގޮތުގައި އެފްއޭއެމުން އަންނަނީ މޮރިއޭރޯގެ އެސިސްޓަންޓެއްގެ ގޮތުގައި ކޮސްޓާގެ ކޮންޓްރެކްޓް ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކޮސްޓާގެ އިތުރުން މިހާރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި އަލީ ސުޒޭން ވެސް ޓީމާ އެކު ހުންނާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.

ގައުމީ ޓީމާ އެކު މޮރިއޭރޯ ކޮންޓްރެކްޓް ހެދީ މިދިޔަ އޮކްޓޫބަރު މަހު އެވެ. މޮރިއޭރޯގެ ކޯޗުކަމުގެ ދަށުން ރާއްޖޭން ސްރީ ލަންކާގައި މިދިޔަ މަހު 8 އިން 19 އަށް ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕްގައި ވާދަކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355