twitterviber whatsapp telegramfacebookyoutube instagram
25th July 2026

ޕްރެޒިޑެންޓްސް ކަޕް ފައިނަލް އަލިފުށީ ޓާފް ދަނޑުގައި

މުޙައްމަދު އަހުމަދު
Dec 29, 2021

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލު މެޗު ރ. އަލިފުށީ ޓާފް ދަނޑުގައި ކުޅުމަށް މަޝްވަރާކޮށްފި އެވެ.

އެފްއޭއެމުން ބުނީ އަންނަ މަހު 23 ވަނަ ދުވަހު ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ބާއްވާނެ ތަނެއް ފައިނަލްވާނެ ކަމަށެވެ.

އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ކުޅުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަމުންދާ ކަމަށް އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ އަލިފުށީ ކައުންސިލްގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ކައުންސިލުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބު ވާދަކުރެ އެވެ. އަދި މުބާރާތް ކުރިއަށްދާނީ ލީގު ބުރެއް ކުޅެފައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލްގައި ވާދަކުރާ ގޮތަށެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރެޒިޑެންޓްސް ކަޕް އެންމެ ފަހުން މިމުބާރާތް ބޭއްވީ 2017 ވަނަ އަހަރު އެވެ. އެފަހަރުގެ ތަށި ހިއްލާލި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަކަށް މިއަހަރުގެ މުބާރާތެއް ނުކުޅެވެ އެވެ.

2015 ވަނަ އަހަރު މާޒިޔާއިން ނިއު ބަލިކޮށް ތަށި ހިއްލާލި ފަހަރަކީ އެންމެފަހުން މާލޭން ބޭރުގައި މިމުބާރާތް ކުޅުން ފަހަރެވެ. ފައިނަލް އައްޑޫ ސިޓީ ހިތަދޫގައި އޮތްއިރު މެޗުތައް ކުޅުނީ ކުޅުދުއްފުއްޓާއި ހިތަދޫގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355