twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރެންޑަމް އިތުރު ސާމްޕަލްތަކެއް ޕޮޒިޓިވްވެއްޖެ، މިހާރު އަދަދަކީ 76!

ނަބީލާ އިސްމާޢީލް
Jan 11, 2022
1

ކުޅުދުއްފުށިން ރޭންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވެ ކޮވިޑް ޖެހުނު މީހުންގެ އަދަދު 76 އަރައިފި އެވެ.

އެގޮތުން އިއްޔެ ރޭންޑަމް 3 ސާމްޕަލެއް ޕޮޒިޓިވްވެފައިވާއިރު މިއަދު ވަނީ ރޭންޑަމް 7 ސާމްޕަލް ޕޮޒިޓިވްވެފަ އެވެ. މިއަދު ފުލޫ ސާމްޕަލެއްވެސް ޕޮޒިޓިވްވެފައިވާއިރު ކޮންޓެކްޓް ޓްރޭސިން ގެތެރެއިން 5 މީހަކު ވަނީ ޕޮޒިޓިިވް ވެފައެވެ.

މިއާއެކު ފުލޫ 19، ރެންޑަމް 13، ކޮންޓެކްޓް ޓްރޭސިން ގެތެރެއިން ފާހަގަވެފައިވާ 44 މީހުން ޖުމްލަ މިވަނީ ޕޮޒިޓިވްވެފަ އެވެ.

ކޭސްތަކާއި ގުޅިގެން މިވަގުތު 32 އަށް ވުރެ ގިނަ ގެ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މިވަގުތު ކުޅުދުއްފުށީގެ އިތުރުން ހދ ގެ 7 ރަށެއްގައި ކޮވިޑް ކޭސްތައް ދަނީ ފެތުރެމުންނެވެ. ކުޅުދުއްފުށި ފިޔަވާ އެންމެ ގިނަ ކޭސް ފެނިފައިވަނީ ނޮޅިވަރަންފަރުންނެވެ. އެރަށުން 65 ކޭސް ވަނީ ފެނިފައެވެ.

ނައިވާދޫއިން 26 ކޭސް ފެނިފައިވާއިރު ވައިކަރަދޫއާއި ނެއްލައިދޫން ވަނީ 6 ކޭސް ފެނިފައެވެ. އަދި ކުރިނބީން 2 ކޭސް ނޮޅިވަރަމުން 4 ކޭސް ވަނީ ފެނިފައެވެ.

ސްކޫލް ބަންދު ދުވަސްވަރާ ދިމާކޮށް ކޮވިޑް ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ކޮވިޑްގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކްރޯން ފެތުރުމުގެ ފުރުސަތު ބޮޑުކަމަށާއި ކޮވިޑްގެ އާ ސާޖެއް އުފެދޭނެ ކަމަށް މިއަދު އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން މުއްދަތު 10 ދުވަހަށް ކުޑަކޮށްދީފައިވާއިރު މި މަހު މެދެއްހާތާ ކޮވިޑް ބޫސްޓާ ޑޯޒް އާންމުންނަށް ޖަހަން ފަށާނެ ކަމަށްވެސް މިއަދު ވަނީ ސަރުކާރުން ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355