twitterviber whatsapp telegramfacebookyoutube instagram
11th November 2026

މޯލްޑިވިއަނުން އޭޓީއާރުގެ ތިން މަތިންދާ ބޯޓު

ޚަދީޖާ އާދަމް
Jan 18, 2022

ގައުމީ އެއާލައިން މޯލްޑިވިއަން އަށް އޭޓީއާރުގެ ތިން މަތިންދާ ބޯޓު ގަތުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާއި އޭޓީއާރުއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ގަންނަން ނިންމާފައިވަނީ 600-72 ATR ދެ ބޯޓާއި އަދި 600-42 ATR ގެ އެއް ބޯޓެވެ. މޯލްޑިވިއަނުން ބުނީ ބޯޓުތައް ކުންފުނީގެ ހިދުމަތްތަކާ މި އަހަރުގެ ތެރޭގައި ގުޅޭނެ ކަމަށެވެ.

އެކުންފުންޏަށް އަލަށް އިތުރުކުރެވޭ ބޯޓުތަކަކީ ތިމާވެއްޓާއި ރައްޓެހި އިންޖީނުތަކެއް ކަމުގައިވާ PW12XT އާއެކު ގަނެވޭ ބޯޓު ތަކެއް ކަމަށެވެ. މިއާއެކު މި ބޯޓުތަކަކީ މިވަގުތު މާކެޓުގައި ހުރި އޭޓީއާރުގެ ބޯޓުތަކާއި ބަލާއިރު ތިން އިންސައްތަ ތެލުގެ ހަރަދު ކުޑަ އަދި 20 އިންސައްތަ އިންޖީނު މަރާމާތުގެ ހަރަދު ކުޑަ އަދި ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް (SAF) ބޭނުންކުރެވޭނޭ ބޯޓުތަކެއް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ބޯޓްތައް ގަތުމަށް ސޮއި ކުރި ނަމަވެސް ތިން ބޯޓް ގަންނަ އަގެއް ހާމައެއް ނުކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293