twitterviber whatsapp telegramfacebookyoutube instagram
6th September 2026

ނެއްލައިދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

ނަބީލާ އިސްމާޢީލް
Jan 24, 2022

ފުލޫ ސާމްޕަލްތަކެއް ޕޮޒިޓިވްވެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިމަހު 8 ވަނަ ދުވަހު މޮނިޓަރިންގގެ ހާލަތަށް ގެނެސްފައިވާ ހދ ނެއްލައިދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.

އެޗްޕީއޭއިން ނެއްލައިދޫއަށް އަރައި ފޭބުން މަނާކޮށްފަ އޮންނަތާ 16 ދުވަސް ފަހުން އެހާލަތުން އެރަށް ނަގާފައިވަނީ މިއަދު ހެނދުނު 09:56 ގަ އެވެ.

އެޗްޕީއޭއިން އެ ރަށު ކައުންސިލަށް މިއަދު ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން މޮނިޓަރިން އުވާލާ ކަމަށެވެ.

އެރަށު ހެލްތް ސެންޓަރުން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި އެރަށުން މިހާތަނަށް ނެގުނު 351 ސާމްޕަލްގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 22 ސާމްޕަލެކެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން މިހާރުވަނީ ރަނގަޅުވެފަ އެވެ.

އެޗްޕީއޭގެ ބަންދުގައި މިވަގުތު އޮތީ 25 ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355