twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ނެއްލައިދޫ ކައުންސިލް ކަޕްގެ ތަށި ހަތަރުވަނަ ފަހަރަށް ކުލަބު ފްރެންޑްސް އިން އުފުލާލައިފި

Jun 24, 2025

ހދ ނެއްލައިދޫގައި ބާއްވާ 'ނެއްލައިދޫ ކައުންސިލް' ކަޕްގެ ތަށި ހަތަރުވަނަ ފަހަރަށް ކުލަބް ފްރެންޑްސް އިން ކާމިޔާބުކޮށްފި އެވެ.

ނެއްލައިދޫ ކައުންސިލުން އިންތިޒާމުކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އެ މެޗުގައި ބައްދަލުކުރީ ކުލަބް ފްރެންޑްސް އާއި ކިންގް ސްޕިރިޓް އެވެ.

ޗެމްޕިއަން ޓީމަށް 25000 ރުފިޔާގެ އިނާމު ލިބޭ މި މުބާރާތުގައި ފަސް ޓީމަކުން ވާދަކުރި އެވެ. އެއީ ކުލަބް ފްރެންޑްސް، ކިންގް ސްފިރިޓް، ކުލަބް ރެފިއުޖީ، ނިކަސިޓީ ސްޕޯޓްސް ކުލަބް އަދި ކުޗީ އެފްސީ އެވެ.

  • މޮޅު ކުޅުންތެރިޔާ: އިބްރާހީމް މަހުދީ ހުސައިން - ފްރެންޑްސް
  • މޮޅު ފޯވާރޑް: އިބްރާހީމް މަހުދީ ހުސައިން
  • އުންމީދީ ކުޅުންތެރިޔާ: އަސްފާން - އެފްސީ  ފްރެންޑްސް  
  • މޮޅު ކީޕަރު: ހަސަން ނަސްމަތު - ކިންގް ސްޕްރިޓް
  • މޮޅު މިޑްފީލްޑަރ: ހުސެއިން ފައިސަލް - ކިންގް ސްޕްރިޓް
  • މޮޅު ޑިފެންޑަރ: ހުސެއިން ހާޒިމް - ނިކަސިޓީ ސްޕޯޓްސް ކްލަބު
  • މޮޅު ކޯޗު: އަބްދުލް ބާރީ ސްލައިމާން - އެފްސީ ފްރެންޑްސް ކޯޗު

މިއީ މި މުބާރާތް ބާއްވާތާ 13 ވަނަ އަހަރެވެ. މުބާރާތުގެ ރަނަރަފް ޓީމަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293