އެފްއޭއެމުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގައި މިއަދު ކުޅުދުއްފުއްޓާއި ނެއްލައިދޫ ބައްދަލުކުރި މެޗުން ޓީމު ކުޅުދުއްފުށި ކުރިހޯދައިފި އެވެ
މިއަދު ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މެޗުގައި ކުޅުދުއްފުށިން ނެއްލައިދޫގެ މައްޗަށް ކުރިހޯދީ 4 - 2 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ފުރަތަމަ ހާފު މޮޅަށް ކުޅެފައިވަނީ ކުޅުދުއްފުށިން އެވެ. މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުދުއްފުށިން ފުރަތަމަ ހާފު ކުޅުނުއިރު މެޗު ފެށިގެން 12 ވަނަ މިނެޓުގައި މުހައްމަދު ޝިފާން ވަނީ ޓީމަށް ލީޑު ނަގައިދީފަ އެވެ
އޭތެ ހަތަރުވަރަކަށް މިނެޓް ފަހުން މުހައްމަދު މުންސިފް ލީޑު ފުޅާކޮށްދިންއިރު 36 ވަނަ މިނެޓުގައި މުހައްމަދު އަނޫސް ވަނީ ތިންވަނަ ލަނޑު ޖަހާ ޓީމަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
މިލަނޑާއެކު ކުޅުދުއްފުށިން މެޗުގައި ހަމަޖެހިލިއިރު އޭގެ ދިހަ މިނެޓްފަހުން ޝިފާން ވަނީ ކުޅުދުއްފުށީގެ 4 ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ކުޅުދުއްފުށިން ކާމިޔާބު ކުރި 4 ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފު އެވެ.
ނެއްލައިދޫއިން ދެވަނަ ހާފަށް ނުކުތީ ކުޅުން ރަނގަޅުކޮށް ވަރުގަދަކޮށްނެވެ. މިހާފުގައި އެޓީމުން ކޮންޓްރޯލް ނަގައިގެން މޮޅަށް ކުޅުނު ނަމަވެސް މެޗުގެ ނަތީޖާ އަނބުރާލެވޭ ގޮތެއްނުވި އެވެ. އެޓީމުގެ ލަނޑުތައް ޖަހައިދިނީ ސެނާލް ސަންދޭޝްއާ މުހައްމަދު ސިޒާން އެވެ




