twitterviber whatsapp telegramfacebookyoutube instagram
17th July 2026

ނޮޅިވަރަމުން ޕޮޒިޓިވްވި މީހުންގެ އަދަދު 95 އަރައިފި

ޚަދީޖާ އާދަމް
Jan 30, 2022

ނޮޅިވަރަމުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 95 އަރައިފި އެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 34 މީހުންނަކީ ފުލޫ ކްލިނިކަށް ދެއްކި މީހުންނެވެ.

މިވަގުތު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދީ 49 އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 46 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ނޮޅިވަރަމުން އެންމެފަހުން ކޭސްތަކެއް ފެނުނީ މިމަހު 6 ވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވްވެފައިވަނީ ޖެނުއަރީ 1 ވަނަ ދުވަހު މާލެއިން އެރަށް ދަތުރުކުރި އުމުރުން 63 އަހަރުގެ އަންހެނެކެވެ.

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ޒިންމާދާރު ވެރިޔާ ޝާފިއު މުހައްމަދު ކޭއޯއަށް ވިދާޅުވީ މިހާރުވެސް ރަށުގައި ކޭސްތައް އިތުރުވަމުން ދާކަމަށާއި މިހާރު ފެނިފައިވާ ކޭސްތަކާއި ގުޅުން ނެތް މީހުންވެސް ޕޮޒިޓިވްވަމުން ދާކަމަށެވެ.

ޝާފިއު ކޭއޯއަށް މީގެކުރިން ވިދާޅުވީ ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހުންވެސް ރަށުތެރެއިން ޕޮޒިޓިވްވެފައިވާކަމަށާއި ރަށުތެރޭގައި ބަލި އުޅުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355