twitterviber whatsapp telegramfacebookyoutube instagram
20th May 2024

ޔޫތު ޗެމްޕިއަންޝިޕް ފައިނަލް ނިލަންދޫގައި ކުޅެވޭތޯ ބަލަމުން އަންނަކަމަށް އެފްއޭއެމުން ބުނެފި

މުޙައްމަދު އަހުމަދު
Feb 2, 2022

މިހާރު ރާއްޖޭގައި ކުރިއަށްދާ 19 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ފ. ނިލަންދޫ ޓާފް ދަނޑުގައި ކުޅެވޭތޯ ބަލަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

އަދަދު ނޫހުން ރިޕޯޓުކުރި ގޮތުގައި ނިލަންދޫގައި ޔޫތު ޗެމްޕިއަންޝިޕް ފައިނަލް ހޯސްޓް ކުރެވޭތޯ ހަދަން ޖެހޭ އެސަސްމަންޓްތައް މިހާރު ކުރިއަށްދާ ކަމަށާއި އަދި ހުރިހާ ކަމެއް ރަނގަޅަށް ބެލުމަށް ފަހު ފައިނަލް މެޗު ކުޅޭނެތަނެއް ނިންމާނެ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ ވިދާޅުވެފަ އެވެ.

މިމަހުގެ 14 ވަނަ ދުވަހު ފައިނަލު މެޗު ކުޅެން ހަމަޖެހިފައިވާއިރު ނިލަންދޫ އަކީ ފުޓްބޯޅައިގައި ވެސް މަޝްހޫރު ރަށެކެވެ. މިމުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ހޯދުމުގެ ރޭހުގައި ޓީމުތަކުގެ ވާދަވެރިކަން ވަރަށް ބޮޑުވެފައިވާއިރު މިހާތަނަށް ސެމީގެ ޖާގަ ލިބިފައިވަނީ ޓީސީ ސްޕޯޓްސް ކުލަބަށް އެކަންޏެވެ.

މިމަހު 9 ގައި ސެމީގެ މެޗުތައް ކުޅޭއިރު އަންނަ ހޮނިހިރު ދުވަހު ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް ކުޅެވޭނެ އެވެ. މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗުގައި މާޒިޔާ ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ. އަދި ކުލަބް ގްރީން ސްޓްރީޓްސްއިން ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް މިރޭ ނުކުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355